އިންޑިއާގެ ވިސާ ހޯދުމަށް އޮންލައިންކޮށް އެދެވޭނެ ގޮތް އިންޑިއަން ހައިކޮމިޝަނުން ހަމަޖައްސައިފި އެވެ.
އިންޑިއާއަށްދާ ދިވެހިންނަށް ލުއިފަސޭހަގޮތް ހޯދަދިނުމަށް މިގެނައި ބަދަލަކީ އިންޑިއާއަށް ދިއުމަށް ވިސާ ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ނިންމި ނިމްމުމެކެވެ.
ވިސާ ހޯދުމަށް ކޮންމެ ރެއަކު އިންޑިއަން ހައި ކޮމިޝަން ކައިރީގައި ކިއު ހަދައިގެން ގިނަ އަދަދެއްގެ މީހުން ތިބެ އެވެ.
އިންޑިއަން ހައި ކޮމިޝަނުން ބުނީ އޮންލައިންކޮށް ވިސާ އެޕްލިކޭޝަން ފަޯމް ފުރުމަށްފަހު ހޮޓްލައިން މެދުވެރިކޮށް އެޕޮއިންޓްމެންޓް ބުކް ކުރެވޭނެ ކަމަށެވެ. މިބަދަލާއެކު އެކޮމިޝަނުން ޓޯކަން ދޫކުރުން މިހާރުވަނީ ހުއްޓާލާފަ އެވެ. އަދި އެ ހައިކޮމިޝަންގެ ވެބްސައިޓްގައިވާ ލިންކުން ވިސާއަށް އެދި އޮންލައިންކޮށް ފޯމް ހުށަހެޅޭނެ އެވެ.
މީގެ އިތުރުން މި ވެބްސައިޓަށް ވަދެ އެންމެ އަވަހަށް ލިބެން އޮތް އެޕޮއިންޓްމެންޓް ޚިޔާރުކޮށް، އެޕޮއިންޓްމެންޓް އެދެވޭނެ އެވެ.
އިންޑިއާގެ ކޮވިޑްގެ ހާލަތުގެ ސަބަބުން އަދިވެސް އެގައުމުގެ ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް ދިވެހިންނަށް އިންޑިއާއަށް ދެވޭނެ އިންތިޒާމް އެ ގައުމުން ވަނީ ހަމަޖައްސާދީފަ އެވެ.