އިނގިރޭސި ވިލާތުގެ ޝާހީ އާއިލާއަކީ އެގައުމުގެ ގިނަ ރައްޔިތުން އެ އާއިލާގެ ކަންކަން ވަރަށް ގާތުން ބަލާ އާއިލާ އެކެވެ. އެގޮތުން އެ އާއިލާގެ ކަންކަމުގައި އިނގިރޭސިން ދެެބައިވެފައިވާއިރު އެގައުމުގެ ރައްޔިތުންގެ މެދުގައި އެ އާއިލާގެ މެމްބަރުންގެ މަގުބޫލުކަން ވެސް ތަފާތެވެ.

އެގޮތުން ދާދި ފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން އިނގިރޭސިންގެ މެދުގައި އެންމެ މަގުބޫލު ޝާހީ އާއިލާގެ މެމްބަރު މިވަނީ އެނގިގެން ގޮސްފަ އެވެ. އެއީ ޝާހީ އަމީރާ ކޭޓް މިޑްލްޓަން އެވެ.

އެ ވޯޓުގެ 66 ޕަސެންޓް އަގުލަބިއްޔަތުން ކޭޓް ކުރިހޯދާފައިވާއިރު އޭނާގެ ފަހަތުން ދެވަނަ ހޯދާފައިވަނީ ވަލީ އަހުދު ޕްރިންސް ވިލިއަމް އެވެ. ގަދަ ތިނެއްގައި ދެން އުޅެނީ ރާނީ އެލިޒަބަތުގެ ހަމައެކަނި އަންހެން ދަރިފުޅު ޕްރިންސަސް އޭން އެވެ.

އިނގިރޭސި ތަހުތުގެ ވަލީއަހުދު ޕްރިންސް ވިލިއަމްގެ އަނބިކަނބަލުން އަދި ޕްރިންސަސް އޮފް ވޭލްސް ކޭޓް މިޑްލްޓަންއަކީ 2012 ވަނަ އަހަރު ޝާހީ އާއިލާއާ ގުޅުނީއްސުރެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަރާތެކެވެ.

އެގޮތުން ޝާހީ ޒިންމާތަކުގެ އިތުރުން ވެސް އިޖުތިމާއީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް ކޭޓް އުޅުއްވާއިރު އޭނާއަކީ އޭނާގެ ރައްޔިތުންނަށް އަޅާލާ އޯގާތެރި އަމީރާ އެކެވެ.

ދާދި ފަހުން ކެންސަރު ބަލިން ސަލާމަތްވެ އަލުން ޝާހީ ޒިންމާތަކާ ގުޅިފައިވާ ކޭޓްއަކީ އިނގިރޭސިންގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި ވެސް މަގުބޫލު ޝަހުސިއްޔަތެކެވެ.

ވޯޓުގެ ނަތީޖާ ދައްކާ ގޮތުން އިނގިރޭސިން އެންމެ ނުރުހޭ ޝާހީ އާއިލާގެ މެމްބަރުންނަކީ އެއާއިލާއިން ބޭރުކޮށްލާފައިވާ ޖެފްރީ އެޕްސްޓެއިންއާއި ޕްރިންސް އެންޑްރޫގެ އިތުރުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް އެވެ.

ޕްރިންސް ހެރީއާއި މޭގަންއަށް އިނގިރޭސިންގެ ނުރުހުން އަމާޒުވެފައިވާ މައިގަނޑު ސަބަބަކީ އާއިލާއާ ދެކޮޅުވެ އެމީހުންގެ ދިރިއުޅުން އިނގިރޭސި ވިލާތަށް ބަދަލު ކުރުމެވެ.