ބައިނަލްއަގްވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގައި ތާށިވެފައި ތިބި ދެ ސައިންސްވެރިން އަނބުރާ ދުނިޔެއަށް ގެނައުމަށްޓަކައި ދުނިޔޭގެ ޖައްވީ އިދާރާ ނާސާއިން މިޝަންއެއް ލޯންޗު ކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ޖައްވަށް ފޮނުވާލި ރޮކެޓުގައި ހަތަރު މީހުންގެ ޖާގަ ހުރި ނަމަވެސް ދިޔައީ އެންމެ ދެ ސައިންސްވެރިންނެވެ. ބާކީ ދެ ޖާގައަކީ ޖައްވުގައި ތިބި ސުނިީތާ ވިލިއަމްސްއާއި ބަޗް ވިލްމޯއަށްވީ ޖާގަތަކެވެ.

ސުނީތާއާއި ބަޗް ޖައްވީ ސްޓޭޝަންއަށް ދަތުރު ކޮށްފައިވަނީ ސްޕޭސް އެކްސްގެ ސްޓާލައިނާ އުޅަނދެއްގައި މިއަހަރުގެ ޖޫން މަހު ކުރީކޮޅުގަ އެވެ.

އެހެން ނަމަވެސް އެ އުޅަނދުގައި މައްސަލަޖެހި އެ ދެ ސައިންސްވެރިންނަށް ދުނިޔެއަށް ނާދެވި ޖައްވުގައި ތާށިވީ އެވެ. އޭގެ މަސްތަކެއް ފަހުން މައްސަލަ ޖެހުނު އުޅަނދު ވެސް ވަނީ ދުނިޔެއަށް ގެނެސް ކަނޑު ފައްތާފަ އެވެ.

ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ނާސާ މެދުވެރިކޮށް ދިން އިންޓަވިއުއެއްގައި ބަޗް ބުނީ ދުނިޔެއަށް ނާދެވިގެން ޝަކުވާ ނުކުރާނެ ކަމަށާއި އެކަމުން ވާނެ ކަމެއް ނޯންނާނެ ކަމަށެވެ.

ސުނީތާ ބުނީ ޖައްވަކީ އޭނާގެ ދެވަނަ "ގެ" ކަމަށާއި އެހެން ނަމަވެސް އާއިލާގެ ބައެއް ހަފްލާތަކަށް ނުދެވުނީީތީ ހިތާމަކުރާ ކަމަށެވެ.

މިހާރު ޖައްވަށް ލޯންޗު ކޮށްފައިވާ ކްރޫ 9 ރޮކެޓް ޖައްވުގައި ބަނދަރު ކުރުމަށްފަހު ދުނިޔެއަށް އަންނާނީ ހަތަރު މީހުންގެ ކްރޫއަކާއެކުގަ އެވެ.