ހއ. ބާރަށުން އިތުރު ފަސް މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެއާއެކު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 31 އަށް އަރާފަ އެެވެ.
ބާރަށުން އިތުރު ފަސް މީހަކު ޕޮޒިޓިވްވިއިރު، އެންމެ ފަހުން މާލެ ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
އެ ރަށުން މިހާތަނަށް ޖުމްލަ 385 ސާމްޕަލް ނެގިފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވީ 31 މީހެކެވެ.
ބާރަށުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެރަށުގައި ހޯމް ކަރަންޓިނުގައި ތިބި ނުވަ މީހެކެވެ. ކަރަންޓީން މުއްދަތުގެ ތެރޭގައި ގަވާއިދާ ހިލާފަށް އެ މީހުން ވަނީ އެހެން މީހުންނާ ބައްދަލުކޮށްފަ އެވެ. އަދި ޑިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވިއިރު މިފަހަރު ޕޮޒިޓިވްވެފައިވަނީ ކޮންޓެކްޓުންގެ ކޮންޓެކްޓުންނެވެ.
ބާރަށުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން މިމަހު އެއްވަނަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އިތުރު ކޭސްތަކެއް ފެނުމުން މިހާރު އެރަށް އޮތީ ފުރަބަންދުގަ އެވެ.
 އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
			އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
		 މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
			މީޑިއާތަކަށް ފައިސާ ދިނުން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށްފި
		 ބީޓީއެސް އިންޑިއާއަށް އަންނަނީ!
			ބީޓީއެސް އިންޑިއާއަށް އަންނަނީ!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					 
					