މިދިޔަ މަހު ރިލީޒްކުރި ތެލުގޫ ފިލްމް "ދެވަރަ" ގައި ބޮލީވުޑްގެ ތަރި އާލިއާ ބަޓް ފެނިގެން ދިޔުން ވީ ފިލްމުގެ ބެލުންތެރިންނަށް ލިބުނު ހައިރާން ކަމަކަށެވެ.

އާލިއާ ފެނިގެންދިޔައީ އެ ފިލްމުގައި ހިމެނުނު ފަސް މިނެޓުގެ ލަވައަކުންނެވެ. އޭނާ ފެނިގެންދިޔައީ ފިލްމުގެ ހާއްސަ ފެނިލުމެއްގެ ގޮތުގަ އެވެ.

އެ ލަވައަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައިރު މިހާރު މީޑިއާތަކުގައި ދެކެވެމުން އަންނަނީ އެ ކުޑަ ވަގުތުކޮޅުގެ ފެނިލުމަށް އާލިއާ ނެގި އަގެވެ.

ހަބަރުތައް ބުނާ ގޮތުގައި 05 މިނެޓުގެ އެ ލަވައިގައި އެކްޓް ކުރުމުގެ އަގަކަށް އާލިއާ ކިޔާފައިވަނީ 65 ކްރޯޑް އިންޑިއާ ރުޕީސް އެވެ.

މި ހަބަރުތައް ފެތުރުމާއެކު ފިލްމުގައި އާލިއާ ފެނުނު ފެނިލުމާ އަޅާބަލާއިރު އެ އަގު ބޮޑު ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.

އާލިއާގެ އެހެން މަސައްކަތްތަކަށް ބަލާއިރު އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ ވެދާންގް ރައިނާއާއެކު ފެނިގެންދިޔަ ފިލްމު "ޖިގްރާ" އެވެ.