އޮރިޔާން ކާޑު ގެންގުޅުމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރަށް ގެންދެވިފައިވާ އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ ޑިޑީގެ މަންމަ އޭނާގެ ދިފާއުގައި ނުކުމެއްޖެ އެވެ.
ޖެނިސް ސްމޯލް ކޮމްބްސް އޭނާގެ ވަކީލުން މެދުވެރިކޮށް އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާއަކީ ގޮތް ހުސްވެފައިވާ މަންމައެއް ކަމަށާއި ދޮގުތަކެއްގެ މައްޗަށް ބިނާކޮށް އޭނާގެ ދަރިފުޅަށް ދޮގު ތުހުމަތުތަކެއް ކުރާތީ ހިތާމަކުރާ ކަމަށެވެ.
އުމުރުން 84 އަހަރުގެ ޖެނިސް އިތުރަށް ބުނީ ޑިޑީއާ ބެހޭ ގޮތުން މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އަހަރެންގެ ދަރިފުޅަކީ ތި ބުނާ ކަހަލަ ޖަނަވާރެއް ނޫން. މީޑިއާގައި ވާހަކަ ދެކެވެނީ ކަންތައްތައް މާ ބޮޑުކޮށްލައިގެން" ޖެނިސް އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިދިޔަ މަހު ޑިޑީ ހައްޔަރު ކުރެވުނީ އޮރިޔާން ކާޑު ގެންގުޅުމާއި ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ޝަކުވާތަކެއް ފުލުހުންނަށް ހުށައެޅުމުންނެވެ.
އެ މައްސަލައިގެ ތަހުގީގު މަރުހަލާ މިހާރު ކުރިއަށްދާއިރު ޑިޑީގެ ކުށް ސާބިތުވާ ވަރަށް ހެކި ފުލުހުންނަށް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
2025ގެ އެންމެ މޮޅު ބިރުވެރި ފިލްމުތައް!
މެލޭޝިއާއިން 375 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ