އެމްއެންޑީއެފުން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް ކުރިއަށްދާނީ މި މަހުގެ 5 އިން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހުޅުމާލެ ފޭސް-3، ފަރުކޮޅުފުށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލެ މެއިން ބަސް ސްޓޭޝަން (ފެރީ ޓާމިނަލް ކުރިމަތި) ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ މިއީ ސިފައިން ހަތިޔާރާ އެކު ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ. ނަމަވެސް ލައިވް ވަޒަނާއި ގޮވާޒާތުގެ ނުރައްކާތެރި އެއްވެސް ބާވަތެއް މި ތަމްރީނުތަކުގައި ބޭނުމެއް ނުކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.
ރާއްޖޭގެ ކަނޑުގެ ތެލާއި މައުދަން ނެގުމަށް ގާނޫނެއް ހަދަނީ
ހަފްތާ ބަންދުގައި އިތުރަށް ނިދުމަކީ ފައިދާހުރި ކަމެއް: ދިރާސާ
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު