މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އާއި ބ. ކަމަދޫ ޒުވާން ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެނީގެ ހަފްލާގެ ފޮޓޯތަކާއި ވީޑިއޯތަކުން ސޯޝަލް މީޑިއާ ފުރާލަައިފި އެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

ސިޔާމާއި ޒާރާގެ ކައިވެނީގެ ހަފުލާ އޮތީ ރޭ ސިޔާމްގެ ކ. އޮޅުވެލި ރިސޯޓްގަ އެވެ. މި ހަފްލާއަށް އެ ރިސޯޓް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފަ އެވެ.

https://vt.tiktok.com/ZS23pwjbG/

މިކައިވެނި ހާއްސަވެފައި ވަނީ ނިމިދިޔަ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުގައި ޒާރާގެ ހުނަރުވެރި ނެށުމާއި އޭނާގެ ރީތިކަމަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިފައިވަނިކޮށް އޭނާ ކުއްލިއަކަށް ސިޔާމާއި ކައިވެނި ކުރުމަށް ނިންމުމާ ގުޅިގެންނެވެ.

https://vt.tiktok.com/ZS23pT4P4/

ސިޔާމް އާއީ ޒާރާގެ ރަންކިޔުމުގެ ހަފްލާ ވެސް ވަރަށް ކުލަަގަދަކޮށް ބާއްވާފައިވާއިރު، އެ ހަފްލާގައި ޒާރާ ވަނީ ސިޔާމްއަށް އޭނާގެ ލޯބި ހާމަކޮށްދީ ރީތި ލަވައެއް ވެސް ހުށަހަޅާދީފަ އެވެ.

https://www.facebook.com/reel/1285913912442024

އުމުރުގައި 32 އަހަރު ތަފާތު ހުރިނަމަވެސް، ކައިވެނީގެ ހަފްލާއިން ފެނިގެންދިޔައީ އުފާވެރިކަމާއި ލޯތްބެވެ.

https://www.facebook.com/reel/503018486039510

ޒާރާ ރަންކިޔާފައިވަނީ ދެ ގެސްޓްހައުސްއަށް ކަމަށް ކުރިން ދެކެވުނު ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޭނާ ރަންކީ ކަމަށްވަނީ 2024ރ. ކަމަށް އެނގިފައިވެ އެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

މި ފުރިހަމަ ހުވަފެނީ ކައިވެނީގެ ރަސްމީ ފޮޓޯތައް އަދި އާއްމުކޮށްފައިނުވި ނަމަވެސް އެ ހަފްލާގައި ބައިވެރިވި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކައިވެނީގެ މަންޒަރުތައް ހިއްސާކޮށްފަ އެވެ.