އާމިނަތު ޒާރާ އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަދި މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކައިވެނީގެ އުފަލުގައި މިރޭ ކަމަދޫގައި ވެސް ބޮޑު ހަފްލާއެއް ބާއްވައިފި އެވެ.

ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ކައިވެނީގެ މި ހަފުލާ ބާއްވާފައި ވަނީ މިރޭ ކަމަދޫ ބީޗް ސަރަހައްދުގަ އެވެ. މިއީ ފަހުގެ ތާރީހުގައި ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކައިވެނީގެ ހަފުލާ އެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހު ކުރި ކައިވެންޏަށްފަހު ބޭއްވި ދެވަނަ ހަފުލާ އެވެ.

ޒާރާ އާއި ސިޔާމުގެ ކައިވެނީގެ އުފަލުގައި މިރޭ ކަމަދޫގައި ބޭއްވި ހަފްލާގައި ކޭކު ފަޅަނީ

ބ. ކަމަދޫއަށް ނިސްބަތްވާ ނެށުންތެރިޔާ ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ފުރަތަމަ ހަފްލާ ބާއްވާފައި ވަނީ ސިޔާމުގެ ރިސޯޓެއް ކަމަށްވާ ކ. އޮޅުވެލީގަ އެވެ. އެ ހަފުލާގައި ވެސް ދެ ފަރާތުގެ އާއިލާގެ މީހުންގެ އިތުރުން ސިޔާމްގެ ހާއްސަ ރަހުމަތްތެރިންނަށް ދައުވަތުދިނެވެ.

ޒާރާ އާއި ސިޔާމުގެ ކައިވެނީގެ އުފަލުގައި ކަމަދޫގައި ބޭއްވި ހަފްލާގައި ހަވާއަރުވަނީ

މިރޭ ކަމަދޫގައި ބޭއްވި ހަފްލާއަށް ތައްޔާރުކޮށްފައި ވަނީ އެކި ކަންކަމަށް މާލެއިން މީހުން ގެންގޮސްގެންނެވެ. މި ހަފްލާ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ތައްޔާރުކޮށްފަ އެވެ. ހަފްލާގައި ކަމަދޫ ހުރިހާ ރައްޔިތުން ބައިވެރިވިކަމަށް ބެލެވޭއިރު، އަތިރިމަތީގައި ބޮޑު ޓެންޓެއް ޖަހައި ކެއުމުގެ އެންމެހާ ކަންކަން އިންތިޒާމު ކޮށްފައިވާ ކަމަށް އެތަނަށް ދިޔަ މީހަކު ބުނެފައިވެ އެވެ.

https://www.tiktok.com/@ikumohamed/video/7424941066643672328

ހަފްލާގެ ވީޑިއޯއެއް "ހުރިހާ" އަށް ލިބިފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ސިޔާމް މޫދާ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ ޒާރާ ގޮސް ކޮނޑުގައި މަޑުމަޑުން ޖަހާލުމުން ސިޔާމް ބަލާލުމަށްފަހު ޒާރާއަށް ބޮސް ދޭ މަންޒަރެވެ. މުޅިތަން ވަނީ މަލުން ޖަރީކޮށްފަ އެވެ. މި ހަފްލާއާ ގުޅިގެން ކަމަދޫގައި ވަރަށް ގަދައަށް ހަވާ ވެސް އެރުވި އެވެ.

https://www.tiktok.com/@ikumohamed/video/7424941066643672328

މީގެ ކުރިން އޮޅުވެލީގައި ބޭއްވި ކައިވެނީގެ ހަފްލާއާއި އެރޭ ބޭއްވި ޕާޓީގައި ވެސް ޒާރާގެ ލަވަ ކިޔުމާއި ނެށުމުގެ ފަރި ހަރަކާތްތަކެއް ވަނީ ހުށަހަޅާފަ އެވެ.

ޒާރާ އާއި ސިޔާމް ކައިވެނި ހަފްލާ ބާއްވާފައިވަނީ ކ.އޮޅުވެލީގައި

ޒާރާ މަޝްހޫރުވީ ނިމިދިޔަ ބޮޑު އީދުގައި ކަމަދޫގައި ބޭއްވި އީދު ކުޅިވަރުތަކުގައި ދެއްކި ނެށުމުގެ ފަރި ހަރަކާތްތަކުންނެވެ. ޒާރާއަށް ގިނަބައެއްގެ ސަމާލުކަން ލިބި، ވައިރަލް ވިތާ މާގިނަ ދުވަހެއް ނުވެ، ވިޔަފާރިވެރިޔާ ސިޔާމް އާ ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. ނަމަވެސް އޭރު ގިނަ ބަޔަކު އެ ވާހަކަ ގަބޫލެއް ނުކުރެ އެވެ.

މި ކައިވެނީގެ ރަނަކީ ގެސްޓް ހައުސްއެއް ކަމަށް ބުނެ ކުރިން ވާހަކަދެކެވުނު ނަމަވެސް އެއީ ހަގީގަތާ ހިލާފު ވާހަކައެކެވެ. ޒާރާ ރަންކީ 2،024ރ. އަށެވެ.

ޒާރާ ކައިވެނި ކުރި ވަގުތު. ކައިވެނި ހަފްލާ އޮތީ އޮޅުވެލި ރިސޯޓްގައި

ޒާރާ އަކީ ސިޔާމްގެ ދެވަނަ އަންބެވެ. ފުރަތަމަ އަންބަކީ މޮރޮކޯ މީހެކެވެ. ޒާރާއާއި ކައިވެނިކުރުމަށް ތައްޔާރުވަމުން ދަނިކޮށް ސިޔާމްގެ މޮރޮކޯ އަނބިވަނީ އެއްމާބަނޑު ދެ ކުދިން ވިހާފަ އެވެ. ސިޔާމްގެ އެހެން ތިން މީހަކަށް ވެސް ދަރިން ހުރެ އެވެ.