ހޮލީވުޑްގެ ތަރި ސެލީނާ ގޯމޭޒްއާއެކު ކެއްކުމުގެ ތަޖުރިބާއެއް ކޮށްލަން ބޭނުން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މިއޮތީ ރަނުގެ ފުރުސަތެކެވެ.
ޓީއެލްސީ ޗެނަލްއިން މާދަމާ ޕްރިމިއާ ކުރަން ހަމަޖެހިފައިވާ "ސެލީނާ + ރެސްޓޯރެންޓް" ޕްރޮގްރާމަކީ ލޮސް އެންޖެލަސްގެ ތަފާތު އެކި ރެސްޓޯރެންޓްތަކާއެކު ކެއްކުމުގައި އޭނާ ބައިވެރިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި ސެލީނާ ޒިއާރަތްކުރާ ކޮންމެ ރެސްޓޯރެންޓެއްގެ ވެސް "ސިގްނޭޗާ" ކެއުން ތައްޔާރު ކުރަން އޭނާ މަސައްކަތް ކުރާނެ އެވެ.
އެހެން ކަމުން މި ޝޯ ވެގެންދާނީ ސެލީނާ ފަދަ ހޮލީވުޑްގެ މަޝްހޫރު ޝަހްސިއްޔަތެއްގެ ކެއްކުމުގެ ހުނަރު ފެނިގެންދާ އެންމެ ފާހަގަކޮށްލެވޭ އެއް ޝޯއަށެވެ.
ހަބައަކަށް ބަހާލައިގެން އުފައްދާފައިވާ މި ޕްރޮގްރާމްއަކީ "ސެލީނާ + ޗެފްސް" އަށްފަހު ސެލީނާ ފެނިގެންދާ ފުރަތަމަ ކައްކާ ޝޯ އެވެ. "ސެލީނާ + ޗެފްސް" އަށްވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.
ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހާ ހަމައަށް ކޮންމެ ހަފްތާއަކު 30 މިނެޓުގެ އެޕިސޯޑެއް ދައްކާއިރު މިއީ ބެލުންތެރިން ޝައުގުވެރިވާނެ ފަދަ ޕްރޮގްރާމަކަށް ވާނެ އެވެ.
"ސެލީނާ + ރެސްޓޯރެންޓް" ބަލަން ބޭނުންވާ ފަރާތްތަކަށް މީޑިއާނެޓްގެ ޗެނަލް 824 އިން ކޮންމެ އަންގާރަ ދުވަހެއްގެ 18:55ގައި އެ ޕްރޮގްރާމް ދުރަށް ދައްކާނެ އެވެ.
ދިރާގުން ދޭ ސްޕީޑްބޯޓްގެ ލަކީ ޑްރޯ ނެގުން ހުޅުމާލޭ ދިރާގު ބީޗްގަ
"ދުނިޔޭގެ އެންމެ ރީތި 100 މޫނު"ގެ ތެރޭގައި ވަރުން!
އެމެރިކާއިން އިރާނަށް ހަމަލަދޭން ތައްޔާރުވެއްޖެ