އެމެރިކާ ހޯދި މަޝްހޫރު ދަތުރުވެރިޔާ ކްރިސްޓޮފާ ކޮލަމްބަސްގެ ގަބުރު ޔަގީންކުރަން ސައިންސްވެރިން ކުރަމުން އައި މަސައްކަތް 500 އަހަރު ފަހުން ކާމިޔާބު ވެއްޖެ އެވެ.

2003 ވަނަ އަހަރު ސްޕެއިން ސެލްވިލޭއިން ކޮލަމްބަސްގެ ގަބުރު ކަމަށް ބެލެވޭ މަހާނައެއް ފެނުނުއިރު އެ ގަބުރުގެ ޑީއެންއޭއާއި ކޮލަމްބަސްގެ ދަރިފުޅުގެ ޑީއެންއޭ ޓެސްޓު ކުރަން ސައިންސްވެރިން ފެށި އެވެ.

އޭގެ 20 އަހަރު ފަހުން ސައިންސްވެރިންނަށް އެންމެ ފަހުން މިވަނީ ކަށަވަރު ޖަވާބެއް ލިބިފަ އެވެ. ސްޕެއިންއިން ފެނުނީ ކޮލަމްބަސްގެ ގަބުރުކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ.

އެއާއެކު ތާރީހާ ގުޅުންހުރި އެތައް ކަމެއްގެ ޖަވާބު ހޯދަން ސައިންސްވެރިންނަށް މަގުފަހިވީ އެވެ. އެގޮތުން ކޮލަމްބަސްގެ ނަސްލު ދެނެގަތުމަށް ކުރާ މަސައްކަތަށް ވެސް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބޭނެ ކަމަށް ބެެލެވެ އެވެ.

ތާރީހީ ލިޔުންތަކުން ކޮލަމްބަސްއަކީ ޖިނިއާގެ މީހެއްކަމަށް ބުނި ނަމަވެސް އޭނާއަކީ ސްޕެއިންއަށް ނިސްބަތްވާ ޔަހޫދީއެއް ކަމަށް އެންމެ ފަހުގެ ހޯދުންތަކުން ބާރުދެ އެވެ. އެހެން ނަމަވެސް ކޮލަމްބަސްގެ އުފަން ގައުމު ޔަގީންކުރަން އިތުރު ހޯދުންތަކެއް ހޯދަން ޖެހޭ ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.

ކޮލަމްބަސް ދުނިޔޭގައި އުޅެފައި ވަނީ 1451–1506 ދެމެދު ކަމަށްވެ އެވެ.

ކޮލަމްބަސް މަޝްހޫރުވެފައިވަނީ 1400ގެ އަހަރުތަކުގައި ބޯޓު ދަތުރުކޮށް ޔޫރަޕްއާއި އެމެރިކާއާ ދެމެދު ވިޔަފާރި ފަށައިދިން ޝަހްސިއްޔަތުގެ ގޮތުގަ އެވެ. އޭނާ އެމެރިކާ ހޯދީ 1492 ވަނަ އަހަރު އެވެ.