ހޮލީވުޑްގެ ތަރި މައިލީ ސައިރަސްއަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އޭނާގެ އުފަން ނަމަކީ މައިލީ ސައިރަސް ނޫން ކަމެވެ.

މިހާރު ސޯޝަލް މީޑިއާއަށް ފެންމަތިވެފައިވާ ކުރީގެ ވީޑިއޯއެއްގައި މައިލީ ވަނީ އޭނާގެ އުފަން ނަން ދެކެ ފޫހިވާ ކަމަށާއި އެ ނަމުން މުހާތަބުވާން ދުވަހަކު ވެސް ބޭނުންނުވާ ކަމަށެވެ. މިހާހިސާބުން ގިނަ ބައެއްގެ ހިތުގައި އުފެދުނު ސުވާލަކީ މައިލީގެ އުފަން ނަމަކީ ކޮބައިތޯ އެވެ. ހަބަރުތައް ބުނާ ގޮތުގައި މައިލީގެ މައިންބަފައިން އޭނާއަށް ދީފައިވާ ނަމަކީ "ޑެސްޓިނީ ހޯޕް ސައިރަސް" އެވެ.

މައިލީ ބުނި ގޮތުގައި އޭނާގެ މައިންބަފައިން އެ ނަން ހިޔާރުކުރީ އޭނާގެ ސަބަބުން ދުނިޔެއަށް ބަދަލެއް އަންނާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. އެހެން ނަމަވެސް ބޮޑުވަމުން އައި ވަރަކަށް އެ ނަމުގެ ސަބަބުން ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހުނު ކަމަށާއި އެންމެ ފަހުން ގާނޫނީ ގޮތުން ނަން ބަދަލުކުރީ އުމުރުން 15 އަހަރުގައި ކަމަށް މައިލީ ބުންޏެވެ.

މިހާރު އުމުރުން 31 އަހަރުގެ ގްރެމީ އެވޯޑު ކާމިޔާބު ކޮށްފައިވާ މައިލީ އާއްމުންގެ ތެރޭގައި ބޮޑަށް މަގުބޫލުވީ ޑިޒްނީ ޗެނަލްއިން ދެއްކި "ހަނާ މޮންޓާނާ" ޝޯއިންނެވެ.