އިނގިރޭސި ވިލާތުގައި ފަސް އަހަރު ދުވަހު ދިރިއުޅުމަށްފަހު ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް އޭނާގެ އުފަން ގައުމު އެމެރިކާއަށް ބަދަލުވެއްޖެ އެވެ.

މީގެ ފަސް އަހަރު ކުރިން 2019 ވަނަ އަހަރުގެ ކުރީކޮޅު ޓޮމް އިނގިރޭސި ވިލާތަށް ބަދަލުވީ އެގައުމުގައި ކުރިއަށްދިޔަ އޭނާގެ ފިލްމު ފްރެންޗައިޒް "މިޝަން އިމްޕޮސިބަލް"ގެ ޝޫޓިންގެ ސަބަބުންނެވެ.

އިނގިރޭސި ވިލާތުގައި ހުރެ އެ ފްރެންޗައިޒްގެ އެންމެ ފަހު ފިލްމު "މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް 2"ގެ ޝޫޓިން ނިންމާލުމަށްފަހު ޓޮމް އޭނާގެ ހެލިކޮޕްޓަރުގައި އެމެރިކާއަށް ފުރާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޓޮމްއާ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެމެރިކާއަށް އަލުން ދިރިއުޅުން ބަދަލުކުރީ ޓޮމްގެ ދަރިފުޅު ކޮނޯއާއި ރަހްމަތްތެރިންނާއެކު ވަގުތު ހޭދަ ކުރުމުގެ ބޭނުމުގަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓޮމް އިނގިރޭސި ވިލާތުގައި ދިރިއުޅުނު 5 އަހަރުގެ ތެރޭގައި އޭނާ ވަނީ އެގައުމުގެ ވެރިރަށް ލަންޑަނުން ގެއެއް ވެސް ގަނެފަ އެވެ.

ޓޮމް އެމެރިކާއަށް ބަދަލުވެފައި މިވަނީ ހަރިކޭން މިލްޓަންގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތައް އާރާސްތު ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.