މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ އާލިއާ ބަޓްގެ ފިލްމު "ޖިގްރާ"ގެ މައްސަލަ ބޮޑުވެ އެ ފިލްމުގެ ޕްރޮޑިއުސަރުންނަށް ގިނަ ތުހުމަތުތަކެއް ކުރެވެމުން އެބަދެ އެވެ.
އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްއާއި ދަރްމާ ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާފައިވާ މި ފިލްމާ ގުޅުންހުރި ގިނަ ކަންކަން މިހާރު އަންނަނީ މީޑިއާގައި ދައުރުވަމުންނެވެ.
އެގޮތުން އެ ފިލްމުން ފުރުސަތު ދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލާފައިވާ ކަމަށް މަނިޕޫރުގެ އެކްޓަރެއް ކަމަށްވާ ބިޖޫ ތާންގަމް ބުނެފައިވެ އެވެ.
އޭނާ ބުނެފައިވަނީ ފިލްމުން ފުރުސަތު ދޭނެ ކަމަށް ބުނެ ފިލްމުގެ ޕްރޮޑިއުސަރުން އޭނާއަށް ޔަގީންކަން ދީފައިވާ ކަމަށާއި އެހެން ނަމަވެސް ފަހުން އެ ފިލްމުން ފުރުސަތު ނެތް ކަމަށް އޭނާއަށް އެންގި ކަމަށެވެ.
އެކަމުގެ ސަބަބުން އޭނާއަށް ލިބުނު އެހެން ފުރުސަތުތައް ވެސް ގެއްލިފައިވާ ކަމަށާއި އެއީ ބޮލީވުޑްގެ ނަން މަޝްހޫރު ފަރާތްތަކުގެ ފަރާތުން އުއްމީދުކުރި ކަންކަމެއް ނޫން ކަމަށް ބިޖޫ ބުންޏެވެ.
އާލިއާގެ އިތުރުން ވެދާންގް ރައިނާ ފެންނަ "ޖިގްރާ" އޮކްޓޯބަރު 11 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާފައިވާއިރު އެ ފިލްމަށް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ.

ޕީއެންސީއާ ދެކޮޅުވުމުން ޕީއެންސީ ފެނަކަ މުވައްޒަފަކު ސަސްޕެންޑު
ބޮލީވުޑް ދޫކޮށްލަން އާމިރު ނިންމީ މިހެންވެ!
ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި