ހޮލީވުޑްގެ ތަރި އަލް ޕަސީނޯއަކީ އިނގިރޭސި ފިލްމީ ދާއިރާގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެހެން ނަމަވެސް ހޮލީވުޑްގެ މަޝްހޫރު ތަރިންގެ ނަން ހިމެނޭ "ވޯކް އޮފް ފޭމް" އޭނާއަށް ހާއްސަ ތަރިއެއް މިހާތަނަށް ބަހައްޓާފައެއް ނުވެ އެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އަލް ޕަސީނޯ ބުނީ ވޯކް އޮފް ފޭމްގައި އޭނާގެ ނަން ނުހުންނަކަން އެނގޭ ކަމަށާއި އެހެން ނަމަވެސް އެއީ ކީއްވެކަން ނޭނގޭ ކަމަށެވެ.

އެ ޕްލެޓްފޯމްގައި އޭނާއަށް ހާއްސަ ތަރިއެއް ބަހައްޓަން ބޭނުންތޯ އެހުމުން އަލް ޕަސީނޯ ބުނީ އެތަނުގައި އޭނާގެ ތަރިއެއް ހުންނަން ނުހަނު ބޭނުންވާ ކަމަށެވެ.

އަލް ޕަސީނޯއަކީ ހޮލީވުޑްގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކޮށްފައިވާ ތަރިއެކެވެ. އޭނާގެ ކުރިއަށް އޮތް މަސައްކަތަކީ "ސަނީ ބޯއީ" އެވެ.

ވޯކް އޮފް ފޭމްއަކީ ހޮލީވުޑްގެ ނަން މަޝްހޫރު ތަރިންގެ ނަން ހިމެނޭ ގޮތަށް ފަރުމާ ކުރެވިފައިވާ މޮނިއުމަންޓަލް މިއުޒިއަމް އެކެވެ.