ސީބީއެސްގެ މަޝްހޫރު ސިޓްކޮމް "ޔަންގް ޝެލްޑަން"ގެ ސްޕިން އޮފް ސީރީޒްއެއް ކަމަށްވާ "ޖޯޖީ އެންޑް މޭންޑީސް ފަސްޓް މެރީޖް" އިއްޔެ ރިލީޒް ކޮށްފި އެވެ.

އެ ސީރީޒްގެ އެންމެ ފުރަތަމަ އެޕިސޯޑު އިއްޔެ ދައްކާފައިވާއިރު ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް އަންނަނީ ލިބެމުންނެވެ.

ވަރަށް ޅަ އުމުރެއްގައި ކައިވެނިކުރި ޝެލްޑަންގެ ބޭބެ ޖޯޖީ ކޫޕާއާއި އޭނާގެ އަންހެނުން މޭންޑީގެ ހަޔާތް ދައްކުވައިދޭ މި ސީރީޒްގެ ލީޑު ތަރިންގެ ގޮތުގައި ފެންނާނީ މޮންޓާނާ ޖޯޑަންއާއި އެމިލީ އޮސްމަންޓް އެވެ.

އޭގެ އިތުރުން މި ޝޯގައި "ޔަންގް ޝެލްޑަން"ގެ ބައެއް އެކްޓަރުން ވެސް ފެންނާނެ އެވެ. އެގޮތުން "ޔަންގް ޝެލްޑަން"ގައި ޝެލްޑަންގެ މާމަގެ ބައި ކުޅުނު އެނީ ޕޮޓްސް މި ސީރީޒްއިން ފެނިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ފާހަގަ ކޮށްލަން ޖެހޭ ކަަމަކީ "ޔަންގް ޝެލްޑަން"އަކީ ވެސް ސީބީއެސްގެ މަޝްހޫރު އެހެން ސިޓްކޮމްއެއް ކަމަށްވާ "ބިގް ބޭންގް ތިއަރީ"ގެ ސްޕިން އޮފްއެއް ކަމެވެ.

ކާމިޔާބު ހަތް ސީޒަނަށްފަހު ޔަންގް ޝެލްޑަން ނިންމާލާފައިވާއިރު އެ ޝޯގެ ޕްރޮޑިއުސަރުންގެ ފަރާތުން ބެލުންތެރިންނަށް ދިން ހަދިޔާއަކީ "ޖޯޖީ އެންޑް މޭންޑީސް ފަސްޓް މެރީޖް" އެވެ.