އެނގިފައިވާ ގޮތުގައި ތުރުކީއިން ގެނައި ޑްރޯންތައް ބޭނުންކުރީ މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށް އެކަނި. އެ ބޯޓު ފެނުނީ ޑްރޯން ދުއްވަން ފެށިތާ 14 ގަޑިއިރު ފަހުން ރަތްމަންދޫ ކައިރިން. އޭގެފަހުން މިފަދަ އެއްވެސް ކަމަކަށް ޑްރޯން ބޭނުންކުރި ކަމަށް އެމްއެންޑީއެފް އިން ނުބުނޭ.

މި ސަރުކާރުން ބޮޑު އަގު ދީފައި ތުރުކީއިން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ބަލަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދެފި އެވެ

މީކާއިލް ހުށަހަޅުއްވާފައި ވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުންކުރަން ފަށާފައިވޭތޯ ބެލުމަށެވެ. އަދި ޑްރޯން މިހާތަނަށް ބޭނުން ކުރެވިފައި ވަނީ ކޮން ބޭނުމެއްގައިކަން ވެސް ޑިފެންސް މިނިސްޓަރު ސާފު ކޮށްދެއްވުމަށް އެދިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ތުރުކީއިން ގެނައި ޑްރޯންތައް ބޭނުންކުރީ މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށް އެކަންޏެވެ. އެ ބޯޓު ފެނުނީ ޑްރޯން ދުއްވަން ފެށިތާ 14 ގަޑިއިރު ފަހުން ރަތްމަންދޫ ކައިރިންނެވެ. އޭގެފަހުން މިފަދަ އެއްވެސް ކަމަކަށް ޑްރޯން ބޭނުންކުރި ކަމަށް އެމްއެންޑީއެފް އިން ނުބުނެ އެވެ.

ތުރުކީ އިން ގެނައި ޑްރޯންތައް އިފްތިތާހުކުރި ރޭ ނ. މާފަރު އެއާޕޯޓުގައި ބާއްވާ ޑްރޯނެއް. ބޮޑު އަގުގައި ގެނައި ޑްރޯންތައް ބޭނުންކުރުން ވަނީ މެދުކަނޑާލާފައި.

ބޮޑު އަގުގައި ގަތް ޑްރޯން ބޭނުންކުރަމުންދޭތޯ އަދި ގެއްލިގެން ހޯދާ އޮޕަރޭޝަންތަކުގައި ޑްރޯން ބޭނުްކުރި އަދަދު އޮޅުންފިލުވަން "ހުރިހާ" އިން ވެސް ޑިފެންސް މިނިސްޓްރީއަށް ސުވާލުތަކެއް ފޮނުވި އެވެ. މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން އެދި ހުށަހެޅުމުން ޑިފެންސް މިނިސްޓްރީން ބުނީ އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށް ވާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިން އެމްއެންޑީއެފްގެ ޓެލެގްރާމް ގްރޫޕުގައި ސުވާލުކުރުމުން ދުވަހަކު ވެސް އެއިން ސުވާލެއް ފެންނަ ކަމަށް ވެސް ނުހަދަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބެލެހެއްޓުމުގެ ގާބިލިއްޔަތުކަން އިތުރުކުރުމަށް ޑްރޯންތައް ގެނައީ މިއަހަރު ކުރީކޮޅު އެވެ. އެހެން ނަމަވެސް އެޑްރޯންތައް ބޭނުންކޮށްގެން ކަނޑުގެ ސަރަހައްދު ބަލަހައްޓާކަމެއް މިހާތަނަށް އެނގިފައިނުވެ އެވެ. އާއްމުކޮށް މީހުންނާއި އުޅަނދު ގެއްލިގެން ހޯދަނީ ކޯސްޓްގާޑާއި އިންޑިއާއިން ހަދިޔާކޮށްފައި އޮންނަ ޑޯނިއާ މަތިންދާބޯޓު ބޭނުންކޮށްގެންނެވެ.