ދުނިޔޭގެ ކޮންމެ ސަރަހައްދަކަށް ވެސް ވައިގެ މަގުން އެއް ގަޑިއިރު ތެރޭގައި ދަތުރު ކުރެވޭނެ ހައިޕަސޮނިކް މަތިންދާ ބޯޓެއް އުފެއްދުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ވީނަސް އެއިރޯ ސްޕޭސްއިން ކުރަމުން އެބަދެ އެވެ.
"ދަ ސްޓާގޭޒާ"ގެ ނަމުގައި އުފައްދާ އެ މަތިންދާ ބޯޓަކީ ގަޑިއަކު 7300 ކިލޯމީޓަރު ދަތުރު ކުރުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ އުޅަނދެކެވެ.
މިއީ ވީޑީއާރް 2 ހައިޕަސޮނިކް އިންޖީނަކާއެކު ވައިގެ "ރެސިސްޓަންސް"ވެސް ކުޑަވާ ގޮތަށް ފަރުމާ ކުރެވިފައިވާ މަތިންދާ ބޯޓެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. އެއާއެކު ސްޓާގޭޒާ ވެގެންދާނީ އަޑަށްވުރެ 12 ގުނަ އަވަހަށް ދަތުރުކުރާ ވައިގެ އުޅަނދަކަށެވެ.
ހަބަރުތައް ބުނާ ގޮތުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭޭނުންކޮށްގެން އުފައްދާ ސްޓާގޭޒާއަކީ ތެލުގެ ހަރަދާއި އެނޫންވެސް ދަތުރުގެ ހަަރަދުތައް ކުޑަވާނެ ގޮތަށް ތައްޔާރު ކުރެވޭ މަތިންދާ ބޯޓެކެވެ.
އެގޮތުން މި އުޅަނދަށް މިހާތަނަށް އުފައްދާފައިވާ އެންމެ ފެންވަރު ރަނގަޅު މަތިންދާ ބޯޯޓު ކަމަށްވާ ކޮންކޯޑްއަށްވުރެ ވެސް އުހުގައި އުދުހުމުގެ ގާބިލިއްޔަތުކަން ލިބިފައިވާނެ އެވެ.
ސްޓާގޭޒާގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު އެ މަތިންދާބޯޓު އެއްކޮށް ނިމެން އަދިވެސް އަހަރުތަކެއް ނަގާނެ ކަމަށް މާހިރުން ލަފާކުރެ އެވެ.
އެމެރިކާގެ ދެ މަނަވަރު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފި
މެތިއުއަށް މަސްތުވާތަކެެތި ވިއްކި ފަރާތް 15 އަހަރަށް ޖަލަށް!
ޕޫނޭގައި ހުންނަ ޓައިގާގެ އަގުބޮޑު ގެ ވިއްކާލައިފި
ތިޔައީ ހުވަފެނެއް.