ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ ވައިނަރީގެ ވާހަކައަކީ މި ދުވަސްވަރު ހޮލީވުޑްގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އެވެ.
2016 ވަނަ އަހަރު އެމީހުންގެ ކައިވެނި ރޫޅުމަށްފަހު ދެމީހުންގެ މިލްކިއްޔާތު ބަހާނެ ގޮތުގެ މައްސަލަ ފެންމަތިވިއިރު ފްރާންސްގައި ހުންނަ އެ ދެމީހުންގެ ވައިނަރީގެ މިލްކިއްޔާތާ ގުޅުވައިގެން ދެ މީހުންގެ މެދުގައި ގާނޫނީ "ހަނގުރާމަ"އެއް ފެށުނެވެ.
މި ހަނގުރާމަ ބޮޑުވެ އެންމެ ފަހުން ކޯޓާ ހަމައަށް މައްސަލަ ގޮސްފައިވެ އެވެ. ވައިނަރީގެ މައްސަލާގައި ބްރެޑްއާއި އެންޖެލީނާ ކޯޓުގައި ކުރިމަތިލާން ޖެހޭއިރު މައްސަލައިގެ އަޑުއެހުންތައް މިހާރުވެސް ދަނީ ކުރިއަށެވެ.
މި މައްސަލަ ކުރިއަށްދާތާ 8 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ މައްސަލަ 2026 ވަނަ އަހަރާ ހަމައަށް ދެމިގެން ހިނގައިދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ކައިވެނި ރޫޅުމަށްފަހު ދެ މީހުން ވެސް އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ގޮސްފައިވާއިރު މި ވައިނަރީގެ މައްސަލަ އަދިވެސް އޮތީ ހުއްޓިފަ އެވެ.
އެ ވައިނަރީއަކީ އެ މީހުން ކައިވެނި ކޮށްގެން އުޅުނުއިރު ދެމީހުން އެކުވެގެން ގަނެފައިވާ 500 މިލިއަން ޑޮލަރުގެ އަގުހުރި ވައިނަރީ އެކެވެ.