ދުނިޔޭގެ އެންމެ މުސްކުޅި ދޫނީގެ ގޮތުގައި މިހާތަނަށް ރިކޯޑު ކުރެވިފައިވާ ދޫނި ބިސްއަޅައިފި. އަލްބަޓްރޮސް އާއިލާގެ، ވިސްޑަމްގެ ނަމުން ނަންދެވިފައި ވާ މިދޫނީގެ އުމުރަކީ 74 އަހަރު. ނަމަވެސް މިވައްތަރު ދޫނީގެ އެވްރެޖް އުމުރަކީ 68 އަހަރު. ބިސްއަޅާ އުމުރަށް ދިއުމަށްފަހު މިވައްތަރު ދޫނި އަހަރަކު އެއްބިސް އަޅާ. ބޮޑު ފިޔަގަނޑެއް ލިބިފައިވާ ވިސްޑަމް ގަވައިދުން ބިސްއަޅަން އަންނަނީ ހަވާއީގެ ސަރަހައްދަކަށް. މިއަހަރު އެޅި ބިހާއެކު ވިސްޑަމް އެޅި ބިހުގެ އަދަދަކީ 60. މިދޫނި އާންމުކޮށް ކައިއުޅެނީ މަހުގެ ބިހާއި، ކުދި ބޯވަ.

ދުނިޔޭގެ އެންމެ މުސްކުޅި ދޫނިކަމަށް ރިކޯޑް ކުރެވިފައިވާ ދޫނި ބިސް އަޅައިފި އެވެ.

އުމުރުން މިހާރު 74 އަހަރު ވެފައިވާ ލޭސަން އަލްބަޓްރޮސް ވައްތަރުގެ ތެރޭގައި ހިމެނޭ މިދޫންޏަށް ދެވިފައިވާ ނަމަކީ ވިސްޑަމް އެވެ. ލޭސަން އަލްބަޓްރޮސްއެއްގެ އެވްރެޖް އުމުރަކީ ގާތްގަނޑަކަށް 68 އަހަރެވެ.

ދިގު ފިޔަގަނޑެއް ލިބިފައިވާ މި އަލްބަޓްރޮސް 2006 އިންފެށިގެން އެމެރިކާގެ ހަވާއީގެ ސަރަހައްދަކަށް ބިސްއެޅުމަށް އަންނަކަމަށް ފާހަގަ ކުރެވިފައިވެ އެވެ. ކޮންމެ އަހަރަކު އެއްފަހަރު ބިސްއަޅާ މި ލޭސަން އަލްބަޓްރޮސްތަކަކީ ފުރާ ފުރިހަމަ ވުމަށްފަހު ހުރިހާ އުމުރެއްގައި ވެސް ބިސްއަޅާ ދޫނިތަކެކެވެ. މިއަހަރު އެޅި ބިހާއެކު އޭތިއެޅި ބިހުގެ ޖުމްލަ އަދަކީ 60 ކަމަށް އެމެރިކާގެ ޖަނާވާރާ ބެހޭ އޮފިޝަލުން ބުނެ އެވެ.

އަލްބަޓްރޮސްގެ ޅަދޫނީގެ އުމުރުން ފަހެއް ނުވަތަ ހަމަސްވުމުން އަމިއްލައަށް ދިރިއުޅެން އުދުއްސައި ގަނޭ

މޫދު ކައިރީގައި ދިރިއުޅޭ އަލްބަޓްރޮސްތައް ބިސްފީކުރުމަށް އަންހެން ދޫންޏާއި ފިރިހެން ދޫނި ބައިވެރިވާ ކަމަށްވެ އެވެ. ބިސްފީވެ ކުޑަދޫނި ނިކުންނަން އާންމުކޮށް ދެ މަސްދުވަސް ނަގަ އެވެ. އަދި ކުދި ދޫނިތަކުގެ އުމުރުން ފަހެއް ނުވަތަ ހަމަސްވުމުން އަމިއްލައަށް ދިރިއުޅެން އުދުއްސައިގަނެ އެވެ. އަލްބަޓްރޮސްގެ މުޅި އުމުރު ހޭދަކުރާކަމަށް ވަނީ ކަނޑުމަތީގަ އެވެ. އޭތި އާންމުކޮށް ކައި އުޅެނީ މަހުގެ ބިހާއި، ކުދި ބޯވަ އެވެ.

ލޭސަން އަލްބަޓްރޮސްތައް ފުރާފުރިހަމަ ވުމަށްފަހު ހުރިހާ އުމުރެއްގައިވެސް ބިސްއަޅާ

ވިސްޑަމް ދޫނި އެޅި ބިހަކީ ސިއްހަތު ރަނގަޅު ބިހެއް ކަމަށާއި ފީވެ ކުޑަ ދޫންޏެއް ނުކުންނާނެކަން އެ ސަރަހައްދު ސްޓަޑީކުރާ ބަޔޮލޮޖިސްޓެއް ކަމަށްވާ ޖޮނަތަން ޕްލިސްނާ ވިދާޅުވި އެވެ.