އިސްކަންދަރު ސުކޫލުގައި ބޭއްވި ޓީޗަރުންގެ ގެދަރިންއެއްގައި ޓީޗަރުންނަށް ނަށަން މަޖުބޫރުކުރުވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ސުކޫލުގައި އޮތް މި ހަރަކާތުގައި ޓީޗަރުންގެ ނެށުމުގައި ބައިވެރިވުމަށް މަޖުބޫރުކުރުވާފައިވާ ކަމަށް ބުނެ ބައެއް ޓީޗަރުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
"ހުރިހާ" އާ ވާހަކަދެއްކި އެ ސުކޫލުގެ ޓީޗަރަކު ވިދާޅުވީ އެހަރަކާތަށް ދިޔަ އެންމެންގެ ފޯނުތައް އަތުލައި ޓީޗަރުންގެ ނެށުމުގެ ހަރަކާތެއް ބާއްވާފައިވާކަމަށެވެ. މި ހަރަކާތް ނުބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ސުކޫލަށް އަންގާފައިވާކަމަށް ޓީޗަރު ވިދާޅުވި އެވެ.
"ޓީޗަރުންގެ މިނާޗަރަންގީ ކުޅުމަށް ބެލެނިވެރިން އަތުން ލާރި ނަގައި ބެލެނިވެރިން ލައްވާ އެތައް ކަމެއް ކުރުވައިފައިވޭ. މީތޯ ތައުލީމީ ވުޒާރާ މިހާރު ކުރިޔަށް ގެންދާ ގޮތަކީ؟ މި ފެންނަނީ އިސްކަންދަރު ސްކޫލްގައި މިހާރު ހުރި ވެރިޔާގެ ހާލަތު. ޤައުމުގެ މާލިއްޔަތުން ބޮޑު ހަރަދެއް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ވަރުގަދަ އިސްކަންދަރު ސްކޫލްގެ ދުވަސް ދުއްވާލައިފި،" އެ ޓީޗަރު ވިދާޅުވި އެވެ.
އިސްކަންދަރު ސްކޫލްގެ މިހާރުގެ ހާލަތުގެ ޝަކުވާ ބެލެނިވެރިންނާއި ޓީޗަރުން އެޑިޔުކޭޝަންގައި ކުރަމުންދާއިރު މިކަމަށް އެއްވެސް ހައްލެއް ނުލިބުމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން ބުނަނީ މިކަމަށް ހައްލު ނުލިބެނީ އެ ސުކޫލުގެ ޕްރިންސިޕަލް ޝުކުރީއަކީ އެޑިޔުކޭޝަން މިނިސްޓަރު ޝަފީއުގެ ގާތްބޭފުޅަކަށް ވާތީ ކަމަށެވެ.
އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލަކަށް މިހާރު ހުންނެވީ މި އަހަރު އެ ސުކޫލުގެ ޕްރިންސިޕަލްކަމަށް ހަމަޖެއްސި މުހައްމަދު ޝުކުރީ އެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ ގިނަ އަހަރުތަކެއް ވަންދެން އިސްކަންދަރު ސުކޫލުގެ ޕްރިންސިޕަލްކަން ކުރެއްވި ހުސައިން ސައީދު މުހައްމަދު މި ސަރުކާރުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޢިސްކަންދަރު ސްކޫލުގެ ޕޭރަންޓަކީމު އެކަމަކު ތިބުނާ ނާޗަރަންގީއެއް ޖަހާކަށް ޕޭރަންޓުން އަތުން ލާރިއެއް ނާތުލާ.
ރިޕްލައިދުވާފަރު މީހަކު ނުވާނެ ރަނގަޅެއް. ޝުކުރީއަކީ ދުވާފަރު ހަޔާތްކެނޑިއެއް.
ރިޕްލައިޣާޒީ ސުކޫލު ގަ ވެސް ހަމަ ތިހެން މިކަން ކުރަނީ ޓީޗަރުން ޖެހޭނީ ތިމަންނަ ބުނީމަ ނަށަން
ރިޕްލައިޝުކުރި ސާރ އަކީ ދީނީ ކަން ކަމަށް ލޯބި ކުރާ ބޭފުޅެއް. މި ލިޔުމަޖީ ސާރ ގެ އަގުވައްޓަން ބަޔަކު ކޮއްފަ އޮތްކަމެއް.. އަހަރުމެންގެ ޕުރިންސިޕަލް އަކަށް ވަރަށް ދުހު ހުރި ބޭފުޅެއް
ރިޕްލައިފަލާޙް ޕްރީސްކޫލް ގައިވެސް ހަމަ ތިގޮތަށް ކަންތައް ކުރީ
ރިޕްލައި