ރާއްޖޭގެ ރުށްގަހަށް ދިމާވަމުންދާ ފަނިފަކްސާގެ މައްސަލަ ކޮންޓްރޯލްކުރުމަށް ޗައިނާގެ މާހިރުންނާއެކު މަޝްވަރާކޮށްފި އެވެ.
ހޮނިހިރު ދުވަހު އެގްރިކަލްޗާ މިނިސްޓްރީގައި ބޭއްވި އެ މަޝްވަރާތައް ކުރިއަށް ދިޔައީ ރާއްޖެ މިހާރު ވަޑައިގެން އުޅުއްވާ ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް (ކަޓާސް) ގެ "އެންވަޔަރަންމަންޓް އެންޑް ޕްލާންޓް ޕްރޮޓެކްޝަން ރިސާޗް އިންސްޓިޓިއުޓް"ގެ ތަޖުރިބާކާރުންގެ ވަފުދާއެކު އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް މެނޭޖްމަންޓް އެސިސްޓަންސް ޕްރޮޖެކްޓް" ގެ ތަންފީޒީ ތަފްސީލުތަކާ ބެހޭގޮތުން މަޝްވަރާކުރި ކަމަށެވެ.
އެ މަޝްރޫއު އަކީ ރާއްޖޭގައި ރުއްތަކަށް ދިމާވެފައިވާ ރުކުމަޑި މެނޭޖްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ރުއްގަހަށް ދިމާވަމުން އަންނަ ބައެއް އެހެނިހެން ބޮޑެތި މައްސަލަތައްވެސް ތަހުލީލު ކުރުމަށް ބައްދަލުވުމުގައި މަޝްވަރާކުރި އެވެ.
ފަހަކަށް އައިސް ރާއްޖޭގައި ރުއްތަކާއި ކަނޑޫފާތުގައި ހުންނަ ގަސްތަކަށް ވެސް ފަނި ފަކުސާގެ މައްސަލަތައް ކުރިމަތިވުން ވަނީ އިތުރުވެފަ އެވެ.
އަންހެނަކާ ގުޅުން ބޭއްވި ވަޒީރަކު އިސްތިއުފާ ދެއްވަން ޖެހިއްޖެ
އިގްތިސާދީ މައުލޫމާތު ފަސޭހައިން ބަލާލެވޭ ޕޯޓަލްއެއް
ދިރާގު މާލެ އޯޕަން 2026: ރަޖިސްޓަ ކުރުން ހަމަވަނީ