ކިމް ކާޑޭޝިއަންގެ ކުރީގެ ބައިވެރިޔާ މަޝްހޫރު ރެޕަރު ކާންޔޭ ވެސްޓްގެ ހާއްސަ ޑީޖޭ އެއް ރީތިރަށް ރިސޯޓްގައި ރޭ ބާއްވައިފި އެވެ.
އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން ރީތިރަށް ރިސޯޓްގައި ކާންޔޭގެ ޑީޖޭ ބާއްވާފައިވަނީ އެ ރިސޯޓްގައި ހުންނަ ޖަޕާނުގެ މަޝްހޫރު ޓަޕަސެކް ރެސްޓޯރެންޓުގަ އެވެ.
ޖަޕާނުގެ ހާއްސަ ބްރޭންޑެއް ކަމަށްވާ އެ ރެސްޓޯރެންޓަކީ މޫދުގައި އެއްބައި ހަދާފައިވާ 300 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ.
އެނގިފައިވާ ގޮތުގައި ކާންޔޭގެ ޑީޖޭއާއެކު މުޅި ރެސްޓޯރެންޓް އޮތީ ފުރިފަ އެވެ. ރޭގައި މޫސުން ގޯސްކޮށް އޮތްނަމަވެސް ރީތިރަށް ރިސޯޓުގެ އާއަހަރު ފާހަގަކުރުމަށް ބޭއްވި މި ހާއްސަ ޑީޖޭގައި ގިނަ ބަޔަކު ވަނީ ބައިވެރިވެފަ އެވެ.
2 އަހަރަށްފަހު ފުރަތަމަ ފަހަރަށް ސެލީން ޑިއޯންގެ ފެނިލުމެއް!
"ބަޓްވާރާ 1947" ފެއިލްވީ ފިލްމުގައި ސަނީއަކީ މުސްލިމަކަށް ވުމުން؟
އިޒްރޭލުން ފަލަސްތީނުގެ ކުޑަކުދިން މެރުން އިތުރުވެއްޖެ