ދުނިޔޭގެ އެންމެ އަގުބޮޑު މަސް ކަމަށްވާ ބްލޫ ފިން ޓޫނާ ތަކެއް އިނގިރޭސިވިލާތުގެ ކަނޑުގެ އައްސޭރިފަށުގައި އުޅެނިކޮށް ފެނިއްޖެ އެވެ.

އެހާ އާންމު ގޮތެއްގައި ނުފެންނަ މި މަސް ފެނުން މައްޗަށް އެރި ވަގުތުކޮޅުގެ ނިކަން ހިތްގައިމު ފޮޓޯއެއްވެސް މިހާރު ދައުރުވަމުން އެބަދެ އެވެ.

އެ ފޮޓޯނެގި ފޮޓޯގްރާފަރު ކަމަށްވާ ރުޕާޓް ކާކްވުޑް ބުނެފައިވާ ގޮތުގައި އެ ސަރަހައްދުގައި ދެ ގަޑި އިރު ވަންދެން މީގެ އެތައް ބައިވަރު މަސްތައް އުޅުނުކަމަށްވެ އެވެ.

އެޓްލާންޓިކް ބްލޫ ފިން އަކީވެސް ކެއުމަށްބޭނުންކުރާ މަހެކެވެ. އެގޮތުން ޖަޕާނުގެ ސޫޝީ ރެސްޓޯރެންޓްތަކުގެ މިއީ ވަރަށް މަގުބޫލު މަހެކެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު މަހުގެ ލަގަބު ލިބިފައިވާ ބްލޫ ޓޫނާއެއްގެ އަގު މާކެޓްގައި ހާހުން ނުވަތަ ބައެއް ފަހަރު މިލިއަން ޕައުންޑަށްވެސް އަރާފައި އެބަހުއްޓެވެ.

އުމުރުން 60 އަރަރުގެ މރ. ކާކްވުޑަށް މި މަސްތައް ފެނިފައިވަނީ ކޯމަހާއި ފެހުރިއްސާއާއި އެކު އަންގާރަ ދުވަހު ޕްލައިމައުތް އާއި 3 މޭލު ބޭރުންނެވެ. --ޑެއިލީ މެއިލް