މިޔަރު މަސްވެރިކަން ކުރަން ތިބި ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އދ. މަންދޫ ކައިރީގައި ބަޔަކު މަސްވެރިކަން ކުރަން ތިބި ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ދޯނި ލޮކޭޓްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ދޯނި ފެނުނީ މާވަރު ފަޅު ކައިރީގައި ހަރަކާތްތެރިވަމުން ދަނިކޮށާއި އެ އުޅަނދުގައި ތިބި ހަތަރު މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން އެ ދޯނި ބަލައިފާސްކުރި އިރު ބާނާފައި ހުރި މިޔަރާއި، މިޔަރު އުރަހައާއި، ލޮނު އަޅާފައި ހުރި މިޔަރު މަސް ފެނިފައިވެ އެވެ.

ރާއްޖޭގައި 2010 ވަނަ އަހަރު ވަނީ މިޔަރުގެ މަސްވެރިކަން ކުރުމަނީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށް ކަނޑައަޅާފަ އެވެ.