ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެންޖެލީނާ ޖޯލީއާއި ބްރެޑް ޕިޓްގެ ދަރިފުޅު ޕެކްސް ޖޯލީ ޕިޓް އަނެއްކާވެސް އެކްސިޑެންޓް ވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހު 21 އަހަރުގެ ޕެކްސް އެކްސިޑެންޓް ވެފައިވަނީ އޭނާ ދުއްވަމުންދިޔަ އީ ބައިކް ކާރެއްގައި ޖެހިގެންނެވެ.
ޕެކްސް އެކްސިޑެންޓް ވެފައި މިވަނީ މީގެ ހަމަސް ދުވަސް ކުރިން ހިނގި ހަމަ މިފަދަ އެކްސިޑެންޓެއްގައި އޭނާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބި އައިސީޔޫގައި ފަރުވާ ދީފައި ވަނިކޮށެވެ.
މިފަހަރުގެ އެކްސިޑެންޓްގައި ޕެކްސްއަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވިނަމަވެސް އޭނާގެ ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކެލިފޯނިއާގައި ސައިކަލު ދުއްވާއިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއް ނަމަވެސް އެކި ފަހަރު މަތިން ޕެކްސް ހެލްމެޓް ނާޅާ ސައިކަލު ދުއްވާ މަންޒަރު ވަނީ ފެނިފަ އެވެ.
ދެވަނަ ފަހަރަށް ޕެކްސް އެކްސިޑެންޓް ވެފައި މިވަނީ އޭނާގެ މައިންބަފައިންގެ ވަރީގެ މައްސަލަ ކޯޓުން ނިމުނުތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
109 އަހަރުގެ ޖަލު ހުކުން ތަންފީޒު ކުރަމުންދާ ޝިފާއު ގޭބަންދަށް
މަގުތަކުން 20 ޑޮލަރުގެ ނޫޓުތައް ފެނުނީ ކީއްވެކަން އެނގިއްޖެ
ލެބެއްގައި ހިނގި ގޮތް ނޭނގޭ މަރަކާއެކު ގިނަ ބަޔަކު ކަރަންޓީނަށް!