އަމީތާބް ބައްޗަންއާއި އޭނާގެ ދަރިފުޅު އަބީޝޭކް ބައްޗަންއަކީ ބޮލީވުޑްގައި ނަން މަޝްހޫރު ދެބަފައިންނެވެ. އެ ދެމީހުން އެކުގައި ބައެއް ފިލްމުތަކުން ފެނިފައިވާއިރު އެ ދެމީހުންގެ ނަން ވަނީ ދުނިޔޭގެ ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފަ އެވެ.
އަބީޝޭކްއާއި އަމީތާބު ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވަނީ ފިލްމެއްގައި އެކަކު އަނެކެއްގެ ރޯލު ކުޅެދިން ހަމައެކަނި އަސްލު ދެބަފައިންގެ ގޮތުގަ އެވެ.
2009 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ޕާ"ގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ޕްރޮޖީރިއާ" ތަހައްމަލުކުރާ ފުރާވަރު ކުއްޖެއްގެ ރޯލުން އަމީތާބު ފެނިގެން ދިޔައިރު އަބީޝޭކް ފެނިގެންދިޔައީ އަމީތާބުގެ ކެރެކްޓަރުގެ ބައްޕަގެ ގޮތުގަ އެވެ.
އެ ފިލްމުގައި އެ ދެބަފައިން ދައްކުވައިދިން އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔައިރު އެ ފިލްމުން އެ ދެމީހުންނަށް ގިނަ އެވޯޑުތްކެއް ވެސް ލިބުނެވެ.
އެގޮތުން ޖެހިގެން އައި 2010 ވަނަ އަހަރު ބޭއްވި ބޮލީވުޑްގެ ހުރިހާ އެވޯޑް ޝޯއެއްގައި ކަހަލަ ގޮތަކަށް ބެސްޓް އެކްޓާއާއި ބެސްޓް ސަޕޯޓިން އެކްޓާގެ އެވޯޑު ލިބިފައިވަނީ އެ ދެބަފައިންނަށެވެ.
އަމީތާބާއި އަބީޝޭކްގެ އިތުރުން ވިދުޔާ ބާލަން މުހިއްމު ރޯލަކުން ފެނިގެންދިޔަ "ޕާ" ވެގެން ދިޔައީ އެ އަަހަރުގެ އެންމެ ކާމިޔާބު ބޮލީވުޑް ފިލްމަށެވެ.