އެމްޕީއެލްގެ ސީއީއޯކަމުން މުހައްމަދު ވަޖީހު އިބްރާހީމް ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ވަޖީހު މަގާމުން ވަކިކޮށްފައި މިވަނީ ރައީސް މުއިއްޒާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
ވަޖީހުގެ ދަރިކަލުން ރައީސް އޮފީހުގެ ލީގަލްއެފެއާޒް މިނިސްޓަރު އަހުމަދު ހިޝާމް ވަޖީހު ކައިވެނިބައްލަވައިގެން އުޅުއްވަނީ އަބްދުއްރަހީމްގެ ދަރިކަނބަލަކާ އެވެ.
ވަޖީހަކީ ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް އެތަކެއް ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް މެޖޯރިޓީ ހޯދައިދިނުމަށްޓަކައި ވެސް ވަޖީހު މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
އޭނާ މަގާމަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.
ވަޖީހުވަނީ 2013 ވަނަ އަހަރުން ފެށިގެން 2022 ގެ ނިއަލަށް އެމްޕީއެލްގެ އިސްމަގާމުތަކެއް ފުރުއްވާފަ އެވެ.
އޮޅުވާލައިގެން މުސާރަ ނެގި މައްސަލަ އޭސީސީން ބަލަނީ
ބޯހިޔާވަހިކަމަށް އެދި 58،505 އެޕްލިކޭޝަން ހުށަހެޅި
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި

ވައިގަޑަކުން އުދުހުނީމަ ވައިގަޑު ނެތް ދުވަހަކުން ވެއްޓޭނެ، އުދެހެންވަނީ އަމިއްލަ ފިއައިގެ ބާރުން