ލާމު އަތޮޅުގައި ހިންގާ ސިކްސް ސެންސަސް ލާމުގެ ރީޖަނަލް ޖެނެރަލް މެނޭޖަރު މާޓިން ވެން ވެލްއަށް ހަމަލާދީފި އެވެ.
ފުލުހުން މިއަދު ބުނީ ލާމު އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަގާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް ފަހަތުން މީހަކު ގޮސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިނގި މައްސަލައެއް އާދިއްތަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާއަށް މި ހަމަލާގައި ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި ޖެނެރަލް މެނޭޖަރަށް ހަމަލާ ދިނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިންތިހާބުގެ ކުރިން އީރާނަށް ހަމަލާ ނުދޭނެ ކަމަށް ޓްރަމްޕް ބުނެފި
ޗެކް ބައުންސްވި މައްސަލާގައި ރާޖްޕަލްއަށް ކޯޓުގެ އިންޒާރެއް!
އުފާވެރި ދިރިއުޅުމެއް ބޭނުންތަ؟ މި 8 އާދައަށް ސަމާލުވޭ!