ވަޒީފާގެ މާހައުލަކީ ކޮންމެ ދުވަހަކު އެތައް ބަޔަކާ ބައްދަލުވާ މާހައުލަކަށް ވާއިރު އޮފީހަށް ދާއިރު ތިމާގެ ހުށައެޅުން ނުވަތަ "ޕްރެސެންޓޭޝަން" ރީތި ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން އެންމެ އިސްކަން ދޭން ޖެހޭ އެއް ކަމަކީ އޮފީހަށް ދާން ލާ އަންނައުނެވެ.
ރީތި އަދި އެންމެ ފަހުގެ އަންނައުނު ބޭނުން ކުރުމަކީ އޮފީހުގައި ތިބާގެ ގަދަރު އުފުލޭ ކަމެއްގެ އިތުރުން ކުރާ މަސައްކަތަށް ވެސް ނުސީދާ ގޮތެއްގައި ރަނގަޅު އަސަރު ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ. މި ލިޔުމުގައި މި ބަލާލަނީ މަޝްހޫރު ބްރޭންޑް މެންގޯގެ އެންމެ ފަހުގެ އޮފީސް ފެޝަންތަކަށެވެ.
މެންގޯ އޮފީސް ސްކާޓް
މީޑިއަމް ވެއިސްޓް ލޯންގް ސްކާޓްއަކީ މިވަގުތު މާކެޓުގައި ދައުރުވާ އެންމެ މަގުބޫލު އޮފީސް ވެއާ އެވެ. ރަސްމީ ބައްދަލުވުމަކަށް ނުވަތަ އިވެންޓަކަށް ދާނަމަ މިއީ ރަނގަޅު ހެދުމެކެވެ.
މެންގޯ ލޯންގް ސްލީވް ޝާޓް
އެކި ކުލަތަކުން ލިބެން ހުންނަ މެންގޯގެ އަތްދިގު ގަމީސްތަކަކީ ރަސްމީ ދުވަސްތަކަށް އެންމެ އެކަށޭނަ ގަޔަށް ވެސް ފަސޭހަ ހެދުންތަކެކެވެ.
މެންގޯ ސްވެޓާ
ހޮނިހިރު ދުވަސް ފަދަ ނުރަސްމީ ދުވަސްތަކަށް އެންމެ ރަނގަޅު މެންގޯ ސްވެޓާއަކީ ގަޔަށް ފަސޭހަ ފޮއްޗަކުން ފަހާފައިވާ އެންމެ ފަހުގެ ފެޝަނަށް ފެތޭ ހެދުމެކެވެ.
ލަންކާ ޓެލެތޯނަށް 11 މިލިއަން ރުފިޔާ އަދި 43،000 ޑޮލަރު ލިބިއްޖެ
ރިވިއު: ޑާކްރެއިންގެ "އަލްވަދާއު"އިން ހިތްތައް ރޮއްވާލައިފި
ރަސްމާލެ ހިއްކަން ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ގެނެސްފި