ކައިވެނީގެ ހަފްލާއަށާއި ކައިވެނި އަނގޮޓިއަށް މާ ގިނައިން ހަރަދު ކުރާނަމަ އެ ކައިވެނި ރޫޅުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އެމެރިކާގެ ދިރާސާވެރިން ހެދި ދިރާސާއެއްގައި މީގެ ކުރިން ކައިވެނި ކޮށްފައިވާ އެމެރިކާއަށް ނިސްބަތްވާ 1000 ޖޯޑުގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.

އެ މީހުންގެ ތެރެއިން ކައިވެންޏަށް ބޮޑު ހަރަދު ކޮށްފައިވާ މީހުންގެ ބޮޑު އިންސައްތައެއް ކައިވެނީގެ ފުރަތަމަ 10 އަހަރުގެ ތެރޭގައި ވަރި ވެފައިވާކަން އެ ދިރާސާއިން އެނގިފައިވެ އެވެ.

އެއާ ޚިލާފަށް ކުޑަ ހަފްލާއަކުން ކައިވެނީގެ ކަންތައްތައް ނިންމާލި މީހުންގެ ކައިވެނި ދިގު މުއްދަތަށް ދެމިގެން ގޮސްފައިވާ ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ.

ބޮޑު ކައިވެނީގެ ހަފްލާއެއް ބާއްވައި ގިނައިން ހަރަދު ކުރުމަކީ އުފާވެރި ކައިވެންޏެއްގެ ސިއްރު ކަމަށް ބެލެވިފައި އޮވެ އެވެ. މިއީ އިވެންޓް މެނޭޖްކުރާ ކުންފުނިތަކުން އެ ވިޔަފާރި ޕްރޮމޯޓު ކުރަން ބޭނުންކުރާ އުކުޅެއްވެސްމެ އެވެ.

އެހެން ނަމަވެސް ގިނައިން ހަރަދު ކުުރުމަކީ ދެމަފިރިންގެ މެދުގައި އުފެދޭ ކައިވެނީގެ ގުޅުން ވަރުގަދަވާ ކަމެއް ކަމަށް ބެލުމުގެ ޖާގައެއް ނެތެވެ.