މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން އެ ބްރޭންޑްގެ މުޅިން އާ ޑިވައިސްއެއް ބާޒާރަށް ނެރެން އުޅޭ ކަމަށް އެ ކުންފުނިން އިއުލާން ކޮށްފި އެވެ.
އެޕަލްގެ ސީއީއޯ ޓިމް ކޫކް ބުނެފައިވަނީ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެޕަލްގެ އާއިލާއަށް މުޅިން އާ މެމްބަރެއް ގުޅޭނެ ކަމަށެވެ.
އެޕަލްގެ އާ ޑިވައިސްއެއް ނެރެން އުޅޭކަން އިއުލާން ކުރި ނަމަވެސް އެއީ ކޮން ޑިވައިސްއެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި އަލަށް ތައާރަފްކުރާ ޑިވައިސްއަކީ އެޕަލް އައިފޯން އެސްއީ ސީރީޒްގެ އެންމެ ފަހުގެ ފޯނެވެ. މި ފޯނުގައި ކުރީގެ ފޯނުތަކާ އަޅާބަލާއިރު ފަހުގެ ފީޗާތައް ހިމެނޭނެ ކަމަށް ބުނެވެ އެވެ.
މި ސީރީޒްއަކީ މިހާރު ބާޒާރުގައި ވިކެމުން އަންނަ އައިފޯން އެސްއީ އަދި އައިފޯން 14ގެ ފޯނުތައް ފަހަތަށް ޖައްސާލާނެ ސީރީޒްއެއް ކަމަށް މާހިރުން ބުނެ އެވެ.
މީގެ އިތުރުން ވެސް އެޕަލްގެ އިތުރު އުފެއްދުންތަކެއް ކައިރި މުސްތަގްބަލެއްގައި ބާޒާރަށް ނެރޭނެ އެވެ. އޭގެ ތެރޭގައި މެކްބުކް، އެޕަލް ޓީވީ އަދި ހޯމް ޕޮޑްސްގެ އުފެއްދުންތައް ހިމެނެ އެވެ.
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އެނީމިއާ: ސަބަބަކީ ހަމައެކަނި ދަގަނޑުގެ ބައި މަދުވުމެއް ނޫން!
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން