ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ގެނެސްދޭ އަންނަ ފެޝަން ނޯޓުގެ މިހަފްތާގެ ބައިގައި މި ބަލާލަނީ މަޝްހޫރު ބްރޭންޑް "މެންގޯ"ގެ ކަލެކްޝެނަނުން ފިރިހެނުންނަށް އެންމެ ފާހަގަކޮށްލެވޭ "ގަދަ 10" އަށެވެ.

މެންގޯ އިމޯޝަން ލޯންގް ސްލީވް ޝާޓް

މެންގޯ އިމޯޝަން ލޯންގް ސްލީވް ޝާޓް

މެންގޯ އިމޯޝަންގެ އަތްދިގު މި ގަމީހަކީ ރަސްމީ ހަފްލާތަކާއި ކައިވެނިތަކަށް ދާއިރު ބޭނުން ކުރަން އެކަށޭނަ ގަޔަށް ފަސޭހަ ގަމީހެކެވެ.

މެންގޯ ވިލިޕް މެން ސްވެޓްޝާޓް

މެންގޯ މެންސް ސްވެޓްޝާޓް

ކޮޓޮން ފޮތިން ފަހާފައިވާ މި ސްވެޓްޝާޓްއަކީ އާއްމު ދިރިއުޅުގައި ވެސް ބޭނުން ކުރެވިދާނެ ހެދުމެކެވ. ހާއްސަކޮށް ފިނި ދުވަސްތަކަށް މިފަދަ ހެދުމެއް ރަނގަޅުވާނެ އެވެ.

މެންގޯ ޑޮނޮސްޓީ ލޯންގް ސްލީވް ޝާޓް

މެންގޯ ޑޮނެސްޓީ ލޯންގް ސްލީވް ޝާޓް

މި ގަމީހަކީ ރަސްމީ ބައްދަލުވުންތަކާއި އޮފީހުގެ ރަސްމީ ދުވަސްތަކަށް ވެސް އެކަށީގެންވާ އެންމެ ފަހުގެ ޓްރެންޑްތަކުގެ ގަމީހެކެވެ. މިއާއެކު ކޯޓެއް ވެސް ބޭނުން ކުރެވިދާނެ އެވެ.

މެންގޯ ބޯން ހުޑީ ސްވެޓްޝާޓް

މެންގޯ ބޯން ހުޑީ ސްވެޓްޝާޓް

ފިނިގަދަ ދުވަސްތަކަށް އެންމެ އެކަށޭނަ އެކި ކުލަކުލައިން ލިބެން ހުންނަ މި ސްވެޓްޝާޓްއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ފެޝަނެކެވެ.

މެންގޯ ޕެރިސް ބްލޭޒާ

މެންގޯ ޕެރިސް ބްލޭޒާ

ސެމީ ފޯމަލް ލުކް ނުވަތަ ނުރަސްމީ ހަފްލާތަކަށް ދާއިރު ޓީޝާޓް ނުވަތަ ގަމީސް މަތިން މިފަދަ ބްލޭޒާއެއް ބޭނުން ކްރުމަކީ ހައިބަތު އިތުރު ކޮށްދޭ ކަމެކެވެ.