ރަމަޟާން މަސް ބޯމަތިވެފައިވާއިރު އެކި ވިޔަފާރިތަކުން އެ މަހަށް ހާއްސަ ކޮށްގެން އެކި ކަހަލަ ކަންތައް ކުރެ އެވެ. އެގޮތުން މަޝްހޫރު ފެޝަން ބްރޭންޑް މެންގޯއަކީ ވެސް އެ މަހަށް ހާއްސަ ކޮށްގެން ގިނަ ކަންތައްތަކެއް ކުރާ ބްރޭންޑެކެވެ.

ރޯދަ މަހަށް އަމާޒު ކޮށްގެން މެންގޯއިން މިދިޔަ އަހަރު ނެރުނު ކަލެކްޝަނުގައި މޮޑެސްޓް ފެޝަންގެ ތަފާތު ޑިޒައިންތައް ހިމަނާފައިވެ އެވެ.

މެންގޯގެ ހެދުމެއް

އޭގެ ތެރޭގައި ގަޔަށް ދޫ އާބާޔާ ޑިޒައިންގެ އެކި ހެދުންތަކުގެ އިތުރުން ޝޯލްތަކާއި ފުލް ބޮޑީ ޖަމްޕްސޫޓްތައް ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.

މޮޑެސްޓް ފެޝަން ނުވަތަ މުސްލިމް ފެޝަންއަކީ މުޖުތަމައުގެ ތެރޭގައި މިހާރު މަގުބޫލު ވަމުން އަންނަ ޓްރެންޑަކަށްވާއިރު މެންގޯގެ މި ކަލެކްޝަންއަކީ އެފަދަ ފަރާތްތަކަށް އެންމެ އެކަށޭނަ ކަލެކްޝަނެކެވެ.

މެންގޯގެ ހެދުމެއް

މެންގޯއިން އަންނަނީ އެކި މާކެޓްތަކަށް އަމާޒު ކޮށްގެން އެ ކުންފުނީގެ ކްލޯތިން ލައިންތައް ފުޅާ ކުރަމުންނެވެ. އޭގެ ތެރޭގައި މޮޑެސްޓް ފެޝަންގެ އިތުރުން ވިންޓާ ކަލެކްޝަންއާއި ސަމާ ކަލެކްޝަން ވެސް ހިމެނެ އެވެ.

ދުނިޔޭގެ ފެޝަން ބާޒާރުގައި އެންމެ ނުފޫޒުގަދަ އެއް ބްރޭންޑްގެ ގޮތުގައި ފާހަގަކުރެވޭ މެންގޯގެ ދެ ފިހާރައެއް މާލޭގައި ވެސް ހުރެ އެވެ. އެ ދެފިހާރައިން ވެސް މެންގޯގެ ރީތި ހެދުންތައް ލިބޭނެ އެވެ.