ގާހިރާ (މާޗް 26)- މިދިޔަ އަންގާރަ ދުވަހުން ފެށިގެން ސުއެޒް ކެނެލްގައި ތާށިވެފައި އޮތް "އެވާ ގިވެން" ކޮންޓެއިނަރު ބޯޓު ނެގުމުގެ މަސައްކަތުގައި ޓަގް ބޯޓުތައް ހަރަކާތްތެރިވާތާ ހަތަރު ދުވަސް(ހުކުރު ދުވަސް) ވެއްޖެ އެވެ.
ހަތަރު ފުޓްބޯޅަ ދަޑަށް ވުރެން ދިގު މި ބޯޓު ސުއެޒް ކެނެލް ގައި ތާށިވުމާއި ގުޅިގެން، މިކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކަށް ވަނީ އެހެން މަގެއް ބޭނުން ކުރަންޖެހިފަ އެވެ.
"ބޯޓު އެތަނުން ނެގުމަށްޓަކައި ޓަގް ބޯޓުތަކާއި ޑްރެޖާތަށް ބޭނުން ކުރަމުންދަނީ،" އެވާ ގިވެން ބޯޓުގެ ވެރިފަރާތް ކަމުގައިވާ ޝޮއޭ ކީސެން އިން ވަނީ ބުނެފަ އެވެ.
އޭނާ ބުނީ ބޯޓަށް ލިބިފައިވާ ގެއްލުމާ ބެހޭ ގޮތުން މާބޮޑު މައުލޫމާތެއް އެ ކުންފުންޏަށް ލިބިފައިނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
"އަދި އިތުރު ދެ ދުވަހެއްވަރު ވަންދެން ސުއެޒް ކެނެލްގެ މަގު ބަންދުވެފައި އޮންނާނެ ކަމަށް ލަފާކުރެވޭ، އެހެން ކަމުން މި މަގުން ދަތުރު ކުރަމުން ދިޔަ އުޅަނދުތަކުން މިހާރު ޖެހޭނީ މިއަށް ވުރެން ދިގު މަގަކުން ދަތުރުކުރަން،" ލޯއިޑްސް ލިސްޓް ކިޔާ ޝިޕިން ޑޭޓާ އަދި ނޫސް ކޮންޕެނީ އަކުން ބުނެފައިވެ އެވެ. -- ރޮއިޓާސް