ފައިޒާ ވެކްސިންގެ އެންމެ ޑޯޒަކުން، ކޮވިޑް-19 ބަލި ޖެހުމަށްފަހު ލިބޭ ދިފާއު އާއި އެއްވަރުގެ ދިފާއެއް ލިބޭ ކަމަށް އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދައްކައިފި އެވެ.
މިިދިޔަ ހުކުރު ދުވަހު އާއްމުކުރި އެ ދިރާސާގެ ރިޕޯޓުގައިވާ ގޮތުން ފައިޒާ ވެކްސިން ޖެހުމުން ކޮވިޑްގެ އިތުރު ވޭރިއަންޓްތަކުން ވެސް ރައްކާތެރިކަން ލިބިދެ އެވެ.
އިނގިރޭސިވިލާތުން މިދިޔަ ޑިސެމްބަރު މަހު ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައިވާ މުއްދަތު 12 ހަފްތާއަށް އިތުރުކޮށްފައިވެ އެވެ. މިއީ ފައިޒާ އަދި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒުން ވެސް މި ބައްޔާ ދޮކޮޅަށް ކޮންމެ ވެސް ވަރެއްގެ ރައްކާތެރިކަމެއް ލިބޭ ކަމަށް ދިރާސާއިން ދައްކާ ކަމަށް ބުނެ ނިންމި ނިންމުމެކެވެ.
އިނގިރޭސިވިލާތުގެ ކޮރޯނާ ވައިރަސް އިމިއުނޮލޮޖީ ކޮންސޯޓިއަމް އާ ގުޅިގެން ޝެފީލްޑް އާއި އޮކްސްފޯޑް ޔުނިވާސިޓީއިން ކުރި ދިރާސާގެ ޕްރީ ޕްރިންޓް ވަނީ ހުކުރު ދުވަހު ޝާއިއުކޮށްފަ އެވެ. މި ޕްރީ ޕްރިންޓުން، އެ ގައުމުގެ 99 އިންސައްތަ މީހުންނަން ފައިޒާ ބަޔޯންޓެކް ވެކްސިންގެ ފުރަތަމަ ޑޯޒްއަށް ފަހު މި ބައްޔާ ދެކޮޅަށް ރަނގަޅު އިމިއުނިޓީއެއް ލިބިފައިވާ ކަމަށް ދައްކަ އެވެ.
މި ދިރާސާއިން ލިބުނު ޑޭޓާ އާއި އިނގިރޭސިވިލާތުގެ ވެކްސިން ރޯލްއައުޓްގެ ރިއަލް ވޯލްޑް ޑޭޓާގެ ދިރާސާއެއް ކަމަށްވާ ސައިރެންއަށް ހެކިދެ އެވެ. މި ރިއަލް ވޯލްޑް ޑޭޓާއިން ދައްކާގޮތުގައި ވެކްސިންގެ އެއްޑޯޒުން މި ބަލި ޖެހި، ބަލިން ބޮޑުވަރުވުމުން ދުރުކޮށްދެ އެވެ.
ޔުނިވަސިޓީ އޮފް އޮކްސްފޯޑް ނަފިލްޑް ޑިޕާޓްމެންޓް އޮފް މެޑިސިންގެ ސުސާނާ ޑުނާޗީ ވިދާޅުވި ގޮތުގައި ސައިރެންގެ ދިރާސާއިން ދައްކާގޮތުން، ވެކްސިންގެ ފުރަތަމަ ޑޯޒުން އެކަނި ވެސް ބަލި ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފަ އެވެ. މިގޮތުން ގިނައީ ކުރިން ބަލި ޖެހިފައި ނުވާ މީހުންކަން ފާހަގަކޮށްފައިވެ އެވެ.
އެ ދިރާސާގައި 237 މީހުންގެ ސާމްޕަލްއިން ދައްކާގޮތުގައި ކުރިން ކޮވިޑް ޖެހިފައި ނުވާ މީހުން މީހުންގެ ގައިގައި ޓީސެލްސަ އާއި އެންޓިބޮޑީސް ބޮޑަށް ރެސްޕޯންޑް ކުރަނީ ގުދުރަތީ ގޮތުން ވެސް ބަލިޖެހުމުން މަސައްކަތްކުރާ ގޮތަށެވެ.
ކުރިން ބަލި ޖެހިފައިވާ މީހުންގެ ހަށިގަނޑުން އިތުރަށް ބާރުގަދަ ދިފާއީ ނިޒާމެއް އުފައްދައި ޓީ-ސެލް ރެސްޕޯންސް ވެސް ބަލި ނުޖެހޭ މީހުންނަށް ވުރެ ހަ ގުނަ ވަރުގަދަވާނެ ކަމަށް ދިރާސާއިން ދައްކަ އެވެ.
ޔުނިވާސިޓީ އޮފް ޝިފިލްޑްގެ ދިރާސާ ލިޔުންތެރިއެއް ކަމަށްވާ ތުޝާން ދިސިލްވާ ވިދާޅުވި ގޮތުގައި ލިބިފައިވާ އެންޓިބޮޑީ ރެސްޕޮންސްތައް އިތުރަށް ބޫސްޓް ކުރުމުން ކޮވިޑްގެ ވޭރިއެންޓްތަކުން ވެސް އިތުރު ރައްކާތެރިކަމެއް ލިބޭނެ އެވެ.