ފަހަކަށް އައިސް ނަރީޝް އާއި އާޒިމްގެ ގުޅުން ބޮޑުވުމުން އެކަމާ ސަރުކާރުގެ އެންމެ އިސްވެރިން ހިތްނުޖެހިގެން އެވާހަކަދެއްކި ކަމަށް އެނގިފައިވޭ. އަދި ނަރީޝް ސިޓީ ކައުންސިލުން ވަކިވީ އެ ސަބަބާ ހެދި ކަމަށް ވެސް އެނގިފައިވޭ.

ރައީސް މުހައްމަދު މުއިއްޒުގެ އެދިގެން މާލެ ސިޓީ ޑެޕިއުޓީ މޭޔަރުކަމުން ބުދަ ދުވަހު އިސްތިއުފާދެއްވި އަހުމަދު ނަރީޝް މިނިސްޓަރެއްގެ ފެންވަރުގައި ޔޫތު މިނިސްޓްރީއަށް އައްޔަންކޮށްފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ނަރީޝް އައްޔަންކޮށްފައި މިވަނީ ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމަށެވެ.

ބުދަ ދުވަހު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަޤާމުން ނަރޯޝް އިންސިއުފާ ދިން އިރު، ނަރީޝް ހުށަހެޅުއްވި އިސްތިއުފާގެ ސިޓީގައި ވަކި ސަބައެއް ބަޔާންކޮށްފައެއް ނުވެ އެވެ. އެ ސިޓީގައި ވަނީ އޭނާއަށް ވޯޓު ދެއްވި ރައްޔިތުންނަށާއި އެ މަގާމަށް އޭނާ ހޮވައިދިނުމަށް މަސައްކަތް ކުރި ޕީޕީއެމް، ޕީއެންސީގެ ލީޑަޝިޕަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

މާލެ ސިޓީ ކައުންސިލުން ނަރީޝް އިސްތިފާދެއްވަން އުޅޭކަމުގެ އަޑުތައް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފަ އެވެ. އަޑުތައް ފެތުރިފައި ވަނީ ސަރުކާރުގެ މަގާމަކާ ހަވާލުވުމަށް ނަރީޝް އިސްތިއުފާ ދެއްވަނީ ކަމަށް ބުނެ އެވެ.

ނަރީޝްގެ އިސްތިއުފާގެ ސިޓީގައި އޭނާ ވަނީ ކުރީގެ މޭޔަރު، އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަށާއި މިހާރުގެ މޭޔަރު އާދަމް އާޒިމްގެ ފަރާތުން ދަސްވި ކަންކަމަށްޓަކައި އެ ދެ ބޭފުޅުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. ފަހަކަށް އައިސް ނަރީޝް އާއި އާޒިމްގެ ގުޅުން ބޮޑުވުމުން އެކަމާ ސަރުކާރުގެ އެންމެ އިސްވެރިން ހިތްނުޖެހިގެން އެވާހަކަދެއްކި ކަމަށް އެނގިފައިވެ އެވެ. އަދި ނަރީޝް ސިޓީ ކައުންސިލުން ވަކިވީ އެ ސަބަބާ ހެދި ކަމަށް ވެސް އެނގިފައިވެ އެވެ.