ހަށިގަނޑަށް ފެން ލިއްބައިދޭ ސްޕޯޓްސް ބުއިމެއް ކަމަށްވާ މަޝްހޫރު "ޕްރައިމް"ގެ އެކި ފްލޭވާތައް ރާއްޖެ އެެތެރެކޮށް ވިލާމާޓުގައި ވިއްކަން ފަށައިފި އެވެ.

އެމެރިކާގެ އިންފްލުއެންސާ އަދި ޕްރޮފެޝަަނަލް ރެސްލިން ކުޅުންތެރިޔާ ލޯގަން ޕޯލް އާއި އިންފްލުއެންސާ އަދި ޕްރޮފެޝަނަލް ބޮކްސިން ކުޅުންތެރިޔާ ކޭއެސްއައި ގުޅިގެން އުފައްދާފައިވާ މި ބުއިމަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، ސޯޝަލް މިޑިއާ އަދި ޒުވާނުންގެ މެދުގައި ވެސް މި ބުއިން ވަރަށް މަޝްހޫރެވެ.

ޕްރައިމް އިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތީ "ވައިބްރަންޓް ޕެކޭޖިން" އެވެ. މީގެ އިތުރުން ވައިރަލް ޗެލެންޖުތަކާއި އިންފްލުއެންސާ އެންޑޯސްމަންޓްތަކާއި ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ވަރުގަދަކޮށް ހުރުމުން ފޯމޯގެ އިހުސާސް އުފެދި ސޯޝަލް މީޑިއާގެ ކާމިޔާބީ އަށް އިތުރު ހިތްވަރެއް ލިބުނެވެ.

ޕްރޮފެޝަަނަލް ރެސްލިން ކުޅުންތެރިޔާ ލޯގަން ޕޯލް އާއި އިންފްލުއެންސާ އަދި ޕްރޮފެޝަނަލް ބޮކްސިން ކުޅުންތެރިޔާ ކޭއެސްއައި

މި ބްރޭންޑްގެ ރާއްޖޭގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ ވިލާ ޓްރޭޑިން އެވެ. ޕްރައިމްގެ މި އުފެެއްދުންތައް ރީޓެއިލް އަދި ހޯލްސޭލްކޮށް ވިލާ ޓްރޭޑިން އިން ލިބެން ހުންނާނެ އެވެ.

ޕްރައިމްގެ ހިމެނޭ ރަހަތަކުގެ ތެރޭގައި އައިސް ޕޮޕް، ބްލޫ ރާސްބެރީ، މެޓާ މޫން އަދި ޗެރީ ފްރީޒް ފަދަ ރަހަތައް ހިމެނެ އެވެ. މި ބްރޭންޑުން ވަނީ އާސެނަލް އެފްސީ، އެފްސީ ބާސެލޯނާ، ޔޫއެފްސީ އަދި ޑަބްލިއުޑަބްލިއުއީއާ އެކު ބޮޑެތި ޕާޓްނާޝިޕްތައް ވެސް ހަދައި އެތުލީޓުންނާއި ފިޓްނަސްއަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި އެ ބްރޭންޑުގެ އިތުބާރު ހޯދައިފަ އެވެ.

ހައިޑްރޭޝަނަށް އަމާޒުކޮށްގެން ޕްރައިމްގައި 10 އިންސައްތަ ކޮކޮނަޓް ފެނާއި އިލެކްޓްރޯލައިޓްސް އެކުލެވިގެންވާއިރު، މިއީ ޓްރެޑިޝަނަލް ސްޕޯޓްސް ޑްރިންކްސްއަށް ވުރެ ހަކުރު އެކުލެވޭ މިންވަރު މަދު އުފެއްދުމެކެވެ.

ސްޕޯޓްސް ބުއިމެއް ކަމަށްވާ މަޝްހޫރު "ޕްރައިމް"ގެ އެކި ފްލޭވާތައް ވިލާ މާޓުގައި ވިއްކަން ބަހައްޓާފައި.

މީގެ އިތުރުން އެނާޖީ ޑްރިންކް މާކެޓަށް ވެސް މި ބްރޭންޑް ފުޅާވެ، ސްޓްރޯބެރީ އާއި ކަރާ، ލެމަން އެންޑް ލައިމް ފަދަ ރަހަތަކާ އެކު އިތުރު ބޫސްޓެއް ބޭނުންވާ ފަރާތްތަކަށް ވެސް ޕްރައިމްގެ ބުއިންތައް ލިބޭނެ އެވެ.

އެ ކުންފުނިން ހިންގާ ވިލާ މާޓުން ޕްރައިމް ހައިޑްރޭޝަން ޑްރިންކްސް 55 ރުފިޔާއަށް އަދި ޕްރައިމް އެނާޖީ ޑްރިންކްސް 38 ރުފިޔާއަށް ލިބެން ހުންނާނެ އެވެ.

ވިލާ ޓްރޭޑިންގެ ހޯލްސޭލް މައުލޫމާތު ހޯދުމަށް 7667711 ނުވަތަ އީމެއިލް [email protected] އަށް މެއިލް ކޮށްގެން ކުރިއަށް ގެންދެވޭނެ އެވެ.