ސައޫދީ އަރަބިއާއަކީ އިސްލާމް ދީނުގެ ބިން ކަމުގައި ބެލެވޭއިރު އެ ގައުމުގައި ރޯދަ މަހުގެ ތަޖުރިބާ ވަރަށް ތަފާތުވާނެ އެވެ. އެގޮތުން އާއްމު ރޯދަ ވީއްލުންތަކުގެ އިތުރުން ވެސް ސައޫދީގައި ހާއްސަ ރޯދަ ވީއްލުންތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
1. ހަނަފަސް ސަހަރާއެއްގެ ތަޖުރިބާ
ސައޫދީއަކީ ހަނަފަސް ސަހަރާތައް ހިމެނޭ ބިމަކަށް ވާއިރު އެފަދަ ބިމެއްގައި ރޯދަ ވީއްލުމުގެ ތަޖުރިބާ ކޮށްލުމަކީ ވަރަށް ތަފާތު ކަމަކަށް ވާނެ އެވެ. މި ތަޖުރިބާގައި ޖަމަލު ދުއްވުން ފަދަ ކަންކަމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.
2. ހޮފުފްގައި 24 ގަޑިއިރު
ދުނިޔޭގައި ވެސް އެންމެ ގިނައިން ކަދުރު އުފައްދާ އެއް ސަރަހައްދު ކަމަށްވާ އަލް ހޮފުފްއަށް ކުރާ 24 ގަޑިއިރުގެ ދަތުރުގެ ތެރެއިން ކަދުރު ރުއްތަކާއި ފެކްޓްރީތަކަށް ޒިއާރަތް ކުރުމުގެ ފުރުސަތު ލިބޭއިރު ކަދުރުން ހަދާ ތަފާތު ކެއުންތައް ރޯދަ ވީއްލުމަށް ލިބޭނެ އެވެ.
3. އަމިއްލަ އާއިލާއަކާއެކު ރޯދަ ވީއްލުމެއް
ސައޫދީ އަރަބިއާގެ ބައެއް އަމިއްލަ އާއިލާތަކުން އަންނަނީ އެމީހުންގެ ގެތައް ފަތުރުވެރިންނާއި ޒިއާރަތްކުރާ މެހެމާނުންނަށް ހުޅުވާލަމުންނެވެ. މިއީ އާއިލީ އިހުސާސެއް ކުރުވާނެ ތަޖުރިބާ އެކެވެ.
4. މަޑް ހައުސް ރޫފްޓޮޕްއާއެކު މާޒީއަށް!
ސައޫދީ އަރަބިއާގެ ތާރީހުގައި ގެދޮރު ބިނާކޮށް އުޅުނީ މަށިން ކަމަށްވާއިރު އެގައުމުގެ ތާރީހު ދައްކުވައިދޭ "މަޑް ހައުސް"އެއްގެ ރޫފްޓޮޕްގައި ރޯދަ ވީއްލުމަކީ ވެސް ސައޫދީ އަރަބިއާގައި ކުރެވިދާނެ ކަމެކެވެ.
5. ރަތްކަނޑުގެ ކްރޫޒްއަކުން ރޯދަ ވީއްލުމެއް
ރަތް ކަނޑުގައި ދުއްވާ ކްރޫޒްއެއްގައި ރޯދަ ވީއްލުމަކީ ހަމަ ގައިމުވެސް ގިނަ ބަޔަކު ކުރާހިތްވާނެ ކަމެކެވެ. މިފަދަ ޕެކޭޖުތައް ބައެއް ވެބްސައިޓތަކުން ވިއްކަ އެވެ.