ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މުވައްޒަފުންނަށް "މޯޓިވޭޝަނަލް އެލަވަންސް" ގެ ނަމުގައި އެލަވަންސެއް ދީފި އެވެ.
މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކުރަމުންދާއިރު، އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސްލަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) އަބްދުއްރަހްމާން މުބާރިކް މުވައްޒަފުންނަށް ފޮނުއްވި އީމެއިލެއް ވަނީ އާންމުވެފަ އެވެ.
އީމެއިލްގައި މުބާރިކް ވިދާޅުވީ މުވައްޒަފުންނަށް ދެވުނު ހާއްސަ އެލަވަންސް ދީފައިވަނީ ކައުންސިލުގެ މެމްބަރަކު ހުށަހެޅި ހުށަހެޅުމަކަށް ކައުންސިލުގައި މަޝްވަރާކުރެވި ޔުނިވާސިޓީގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. މި އެލަވަންސް ދިނުމަށް ކައުންސިލުން ނިންމާފައިވަނީ މިއަހަރަށް އެކަނި ކަމުގައިވެސް އޭނާގެ އީމެއިލްގައި ވިދާޅުވެފައި ވެ އެވެ.
މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ވަކި އަހަރަކަށް ހާއްސަކޮށް އެފަދަ ގޮތަކަށް އެލަވަންސް ދިނުމަކީ ރަނގަޅު ގޮތެއް ނޫންކަން މީހުން ފާހަގަކޮށްފައި ވެ އެވެ.
އެމްއެންޔޫގައި މާލެ ހިމެނޭހެން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ފަސް ކެމްޕަސް ހުރެ އެވެ. މި ހުރިހާ ތަނެއްގެ މުވައްޒަފުންނަށް ހާއްސަ އެލަވަންސް ދިންކަން ކަށަވަރު ކުރެވިފައިނުވެ އެވެ.
އަބޫދާބީން ގަތަރަށް ދަތުރުކުރި ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި
33 އަހަރު ކުރީގެ ފިލްމެއް ނެޓްފްލިކްސް ޗާޓުގެ އެންމެ ކުރީގައި!
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!