މޯލްޑިވިއަންގެ ސީޕްލޭންގެ ޝެޑިއުލް ދަތުރުތަކެއް ބ. އަތޮޅަށް ފެށުމަށް ނިންމައިފި އެވެ.

ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި މި ދަތުރުތައް ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކުރާނެ އެވެ. އެގޮތުން މި ދަތުރުތައް ކުރާނީ ބ. އަތޮޅުގެ ފުޅަދޫ އާއި ގޮއިދޫ އާއި ފެހެންދޫ އަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަނުން ސީޕްލޭން ދަތުރުތައް އިއްޔެ ފެށީ ވަނީ މިފަަހަރުގެ ފިތުރު އީދާ ދިމާކޮށެވެ. އެގޮތުން މިހާތަނަށް ދެ ދަތުރު ކޮށްފައިވާއިރު، އެ ދެ ފްލައިޓް ވެސް ދަތުރުކުރީ ފުލްކޮށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ. އެއާއެކު އަންނަ ބުރާސްފަތި ދުވަހު އިތުރު ދަތުރެއް ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއްގައި އެއްފަހަރާ 12-13 މީހުންނަށް ދަތުރު ކުރެވޭއިރު، ސީ ޕްލޭންގެ ދަތުރުތައް ކުރުމަށް އެ އެއާލައިންއިން 11 ބޯޓު ބޭނުންކުރެ އެވެ. މި ދަތުރުތައް ކުރުމަށް މޯލްޑިވިއަންއިން ކޮޅަކަށް ނަގާ ޓިކެޓުގެ އަގަކީ 1099ރ. އެވެ.

އީދާ ދިމާކޮށް އެ އެއާލައިން އިން ވަނީ ޑޮމެސްޓިކް ދަތުރުތައް ވެސް އިތުރުކޮށްފަ އެވެ.