އިންޑިއާގެ މޮޑެލް އަދި އެކްޓަރު މިލިންދު ސޯމަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
މިލިންދަނީ ކަސްރަތު ކުރުމާއި ފިޓްނެސްއަށް މަޝްހޫރު މޮޑެލްއެކެވެ. އޭނާގެ މަސައްކަތް މިހާރު ފެނިގެން ދަނީ ބޮޑަށް އޯޓީޓީ ޕްލެޓްފޯމް ތަކުގަ އެވެ. އެގޮތުން މިހާރުވެސް މިލިންދް މަސައްކަތް ކުރަމުންދަނީ އެމެޒަންގެ "ފޯ މޯ ޝޮޓްސް" ގަ އެވެ.
އެ ސީރީޒްގައި އޭނާ ފެނިގެންދަނީ ޑޮކްޓަރެއްގެ ރޯލުންނެވެ.
އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ގިނަ އަދަދެއްގެ ބޮލީވުޑް ތަރިން ވެސް ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އޭގެ ތެރޭގައި ކާތިކް އާރިޔަން، ވިކްރާން މަސީ، އާމިރް ހާން އަދި އާރް މާދަވަން ވެސް ހިމެނެ އެވެ.
ދުވަހަކު ވެސް ފިލްމެއްގެ ސްކްރިޕްޓެއް ނުކިޔަން: ސަލްމާން
ސިފައިންގެ ޑައިވަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ އިއްޒަތުގައި މިރޭ
އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑަށް ބޭނުންވާ ކާނާ ބަދަލުވޭ!
