ފިޝަރީޒް މިނިސްޓަރުގެ ނައިބު އަހުމަދު ޝާފިއު މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޝާފިއު އިސްތިއުފާ ދެއްވި ކަން އަންގާފައި ވަނީ އޭނާގެ އަމިއްލަ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޝާފިއުގެ ޕޯސްޓުގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްތުއުފާ ދެއްވީ ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުންމީދުގަ އެވެ. އެހެން ނަމަވެސް ހައްލުކުރަން އުއްމީދުކުރައްވާ ކަންތައްތަކަކީ ކޮބައިކަން އިތުރަށް ތަފްސީލު ކޮށްދެއްވާފައެއް ނުވެ އެވެ.
މީގެ ކުރިން ޝާފިއު ވަނީ ފިޝަރީޒް މިނިސްޓްރީން މަސްވެރިކަމާ ބެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި އެއްވެސް މަސްވެރިއަކު ބާކީ ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެހެންނަމަވެސް، މިހާރު އިސްތިއުފާ ދެއްވުމާ ގުޅިގެން މި ސިޔާސަތުތަކަށް އަންނާނެ ބަދަލުތަކާ މެދު ސުވާލު އުފެދިފައިވެ އެވެ.
ޝާފިއުގެ އިސްތިއުފާއާ ގުޅިގެން ފިޝަރީޒް މިނިސްޓްރީން އަދި ރަސްމީ ބަޔާނެއް ނެރުއްވާފައެއް ނުވެ އެވެ.