ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމަށް ބޮޑު މުސާރައާ އެކު އެމްއޭސީއެލް އިން ވަޒީފާއެއް ދީފި އެވެ.
އިއުލާންކުރުމެއް ނެތި ދިން މި ވަޒީފާގެ މުސާއަކީ މަހަކު 40،000 ރުފިޔާ ކަމަށް އެނގިފަ އެވެ. މި ސަރުކާރުން އަންނަނީ އެ ކުންފުނީގެ އެކި އެކި މަގާމުތައް ސަރުކާރުގެ ހިންގާ ޕީއެންސީގެ އެކި ފަރާތްތަކަށާއި އެކްޓިވިސްޓުންނަށް ބަހަމުންނެވެ.
ޝަހީމަކީ އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ކުރީގެ ރައީސެވެ. އޭނާ މަޖިލިސް މެންބަރުކަމަށް ހޮވުނީ ވެސް އެމްޑީޕީގެ ޓިކެޓްގަ އެވެ. ނަމަވެސް ޝަހީމް ހިމެނޭގޮތުން 19 ވަނަ މަޖިލީހުގެ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ޕީއެންސީއަށް ސޮއިކުރީ އެ ބޭފުޅުންނަށް ރިޝްވަތު ދީގެން ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
ޝަހީމަށް ހަމަޖެއްސި ވަޒީފާގެ މަގާމު އަދި ސާފެއް ނުވެ އެވެ. ވަޒީފާދިން މައްސަލައާ ގުޅިގެން ޝަހީމްގެ އެކްސް އެކައުންޓް ޓެގްކޮށް ސަރުކާރަށް ފާޑުކިޔާ ފަރާތްތައް އޭނާ ގެންދަނީ ބްލޮކްކުރަމުންނެވެ.
ދައުލަތުގެ ހަރަދު އިންތިހާއަށް ބޮޑުވެފައިވާ މިދަނޑިވަޅުގައި ސަރުކާރުން އަންނަނީ އެކި ބޭފުޅުންނަށް އެއްވެސް މަސައްކަތެއް ނެތި ވަޒީފާ ދެމުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ލިބޭގޮތަށް ސަސްޕެންޑުކޮށްފައި ބެހެއްޓި މަރިޔަމް ޝިއުނާއަށް ވެސް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ބޮޑު މުސާރައާ އެކު އެމްއޭސީއެލްގެ ވަޒީފާއެއް ދީފަ އެވެ.
ޝިއުނާ ވަޒީފާގައި ކުރަންޖެހޭ ކަމަކީ ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނާއެކު ބައިވެރިވެ އެމަނިކުފާނުގެ ފޮޓޯގަނައި ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުމެވެ. އަދި ސޯޝަލް މީޑިއާގައި ރައީސް މުއިއްޒާއި ސަރުކާރަށް ސަނާ ކިޔައި އެމްޑީޕީއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ޝިއުނާގެ ސޯޝަލް މީޑިއާ ޕޯސްޓަކަށް ފާޑުކިޔައި ކުރާ ކޮމެންޓްތައް ޑިލީޓްކޮށް އެމީހަކު ބްލޮކްކޮށްލަ އެވެ. ސަބަބަކީ ކޮމެންޓް ކުރާ މީހުން މި ސަރުކާރުން ހިންގަމުންދާ ޖަރީމާތައް ފަޅާއަރުވާލާތީ އެވެ.
ޓްރަމްޕްއާ ކައްޒާބުގެ ވެރިކަން Gina ދުވަކަކު ނޯންނާނެ
ރިޕްލައި