މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ސިފައިންގެ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ސިފައިންގެ މީހާގެ ހަށިގަނޑު ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ކޯސްޓުގާޑުގެ ޑައިވަރުންނަށް މިރޭ 20:50 ހާއިރު ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އެމްއެންޑީއެފް ލޯންޗަށް ނަގައިގެން ކައްދުއަށް ދަތުރު ކުރަމުންދާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ލާންސް ކޯޕްރަލް ހުސައިން ފާރިޝް (ސާވިސް ނަންބަރު 7613) އެވެ. އޭނާ ގެއްލުނީ އިތުރު ތިން ސިފައިންގެ މީހުންނާއެކު ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް އެރިއުޅެނިކޮށެވެ. ފާރިޝް ސަލާމަތް ކުރަން އުޅުނު ސިފައިންގެ މީހަކު ގެނބިގެން އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ކަންބޮޑުވުން ފާޅުކުރުމުން އިންތިހާބުގެ ޓައިމްލައިން އާންމުކޮށްފި
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
