ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންއަށް އަނެއްކާ ވެސް އިތުރު މަރުގެ އިންޒާރެއް ލިބިފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުގެ ހެނދުނު މުމްބާއީގެ ޕޮލިސް ހެލްޕްލައިން ނަމްބަރަށް ފޮނުވި އެ މަރުގެ އިންޒާރުގައި ބުނެފައިވަނީ ސަލްމާންގެ ކާރު ގޮއްވާލާނެ ކަމަށެވެ.
އެ އިންޒާރުގެ ޓެކްސްޓް މެސެޖުގައި ސަލްމާންގެ ކާރު ގޮއްވާލައި އޭނާ މަރާލާނީ އޭނާގެ އަމިއްލަ ގެއަށް ގޮސް ކަމަށް ވެސް ބުނެފައިވެ އެވެ.
މި އިންޒާރު ދިން ވަކި ފަރާތެއް އަދި ހޯދިފައި ނުވާއިރު އެ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ހަބަރުތައް ބުނެ އެވެ.
ފާއިތުވި ދެ އަހަރު ތެރޭގައި ސަލްމާނަށް އެކި ފަހަރުމަތިން ވަރަށް ގިނަ މަރުގެ އިންޒާރުތައް ލިބިފައިވާކަން ފާހަގަ ކޮށްލަން ޖެހެ އެވެ.
އޭގެ ތެރެއިން ގިނަ އިންޒާރުތަކަކީ 1997 ވަނަ އަހަރު ހިނގި "ބްލެކް ބަކް" ހާދިސާއާ ގުޅުންހުރި އިންޒާރުތަކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.