އިންޑިއާގެ ފިލްމުތަކުންނާއި ސީރީޒްތަކުން ގިނަ ބައެއްގެ މަޝްހޫރުކަން ހޯދާފައިވާ މޯނީ ރޯއީ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ދެކެވޭ ވާހަކަތަކަށް އޭނާ އެންމެ ފަހުން ރައްދު ދީފި އެވެ.
ދާދި ފަހުން މޯނީ ދިޔަ އިވެންޓެއްގައި އެ އަޑުތަކާ ބެހޭގޮތުން ސުވާލު ކުރެވެމުން އޭނާ ވަނީ އެ އެކަމާ ބެހޭގޮތުން މީޑިއާއާ ވާހަކަ ދައްކާފަ އެވެ.
މޯނީ ބުނީ އެކަހަލަ ވާހަކަތައް ދައްކާ މީހުންނަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަމަށާއި ކޮންމެ މީހެއް ވެސް އެމީހެއްގެ އަމިއްލަ އަމަލުތަކަށް ޒިންމާވާން ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.
މޯނީގެ ބުރުސޫރު ރީތިކުރަން ސާޖަރީ ހެދިކަމަށް ފުރަތަމަ ވާހަކަ ދެކެވެން ފެށީ މިފަހުން އޭނާ ސޯޝަލް މީޑިއާއަށް ހިއްސާކުރި ވީޑިއޯއެއްގެ ސަބަބުންނެވެ.
އެ ވީޑިއޯގައި އޭނާ ކަޅު ކުލައިގެ ސްލިޓް ހެދުމެއް ލައިގެން ހުރިއިރު ކޮންމެވެސް ވަރަކަށް މޫނުމަތީގެ ސިފަތައް ތަފާތުހެން ހީވެ އެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު މޯނީ ދެން އެންމެ އަވަހަށް ފެންނާނީ ހޮރޯ އެކްޝަން ކޮމެޑީ ފިލްމެއް ކަމަށްވާ "ބޫތުނީ" އިންނެވެ.