ބޮލީވުޑަށް އަލަށް ތައާރަފްވި ޒުވާން ތަރި އިބްރާހިމް އަލީ ޚާންގެ ފިލްމު "ނާދާނިޔާން" އޭނާގެ މާމަ ޝަރްމީލާއަށް ވެސް ކަމުނުދާ ކަމަށް އޭނާ ބުނެފި އެވެ.
ޔޫޓިއުބް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޝަރްމީލާ ބުނީ އިބްރާހިމްގެ ފިލްމު ރަނގަޅު ނޫން ކަމަށާއި އެހެން ނަމަވެސް އެ ފިލްމުގައި އޭނާ ވަރަށް ރީތި ކަމަށެވެ.
މިދިޔަ މާޗު މަހުގެ ހަތްވަނަ ދުވަހު ރިލީޒް ކުރެވުނު އެ ފިލްމަށް ފާޑުކިޔުންތެރިންގެ ފަރާތުން ނެގެޓިވް ރިވިއުސް ލިބުނުއިރު ބޮކްސް އޮފީހުގައި ވެސް ފިލުމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
އިބްރާހިމްގެ އިތުރުން ޚުޝީ ކަޕޫރު ވެސް ފެނިގެންދާ އެ ފިލްމަކީ އެ ދެތަރިންގެ ވެސް އެންމެ ފުރަތަމަ ފިލްމުކަން ފާހަގަ ކޮށްލެވެ އެވެ.
އިބްރާހިމްއަކީ ބޮލީވުޑްގެ ފުންނާބު އުސް ދެ ތަރިން ކަމަށްވާ ސައިފް އަލީ ޚާންއާއި އަމްރިތާ ސިންހްގެ ދަރި އެކެވެ. ޚުޝީގެ މަންމައަކީ ސްރީދޭވީ އެވެ.
ޝަރުމީލާގެ އިންޓަވިއުގައި އޭނާ ވަނީ އިބްރާހިމްގެ އިތުރުން ސާރާގެ ހުށައެޅުމަށް ވެސް ތައުރީފު ކޮށް ވާހަކަ ދައްކާފަ އެވެ.