ކޮވިޑުން ރައްކާތެރިވާން ޗައިނާގައި އުފެއްދި ވެކްސިންތަކުގެ ތެރެއިން ސިނޯފާމް އާއި ސިނޯފާމް އިން ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު ބަލިން ދިފާއުވެވޭ ކަމަށް ދައްކާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެޑްވައިސަރީ ޕެނަލްގެ ޗެއާމަން އަލެހެންދުރޯ ކްރެވިއޮޓޯ އިއްޔެ ވިދާޅުވެފައި ވަނީ ޗައިނާގެ ސިނޮފާމް އަދި ސިނޮވެކްގެ ވެކްސިންގެ ޑޭޓާ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ދިމާވާ ކަމަށެވެ.
ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސް (ސޭޖް) އިން އުމްމީދު ކުރާ ގޮތުގައި އޭޕްރިލް މަހުގެ ފަހުކޮޅަށް މި ވެކްސިންތަކަށް ޑަބްލިއުއެޗްއޯގެ ހުއްދަ ލިބޭނެ އެވެ.
ޑަބްލިއުއެޗްއޯގެ ސޭޖް މީޓިން އަށް ޗައިނާގެ މި ދެ ކުންފުނިން ހުށަހަޅާފައިވާ ޑޭޓާތައް ޑަބްލިއުއެޗްއޯ އިން މިވެކްސިނަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް މި ދެ ވެކްސިން ފެތޭ ކަމަށް ބެލެވޭ ކަމަށް ޗެއާޕާސަން ކްރެވިއޮޓޯ ވިދާޅުވެފައިވެ އެވެ. އަދި މިދެ ވެކްސިން 50 އިންސައްތައާއި 70 އިންސައްތަ އަށް ވައިރަހާއި ދެކޮޅަށް މަސައްކަތް ކުރާކަމާއި މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް ޑޭޓާއިން ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިވެކްސިންނުން ފުރަތަމަ ބޭނުން ވާނީ ޑަބްލިއުއެޗްއޯގެ އެމަޖެންސީ ޔޫސް ލިސްޓްގެ ވެކްސިންތަކުގެ ތެރޭގައި ހިމެނުމުގެ ހުއްދަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ ސްޕޯކްސްވުމެން ކަމުގައިވާ މާގްރެޓް ހެރިސް ވިދާޅުވީ މި ވެކްސިންތައް ވަރަށް އަވަހަށް ޑަބްލިއުއެޗްއޯގެ އެމަޖެންސީ ލިސްޓުގައި ހިމަނާނެ އެވެ.
ޗައިނާއިން އުފެއްދި ދެ ވެކްސިންގެ އެއްވެސް ޑޭޓާއެއް އާންމު ކޮށްފައި ނުވިޔަސް ބެއިޖިން ބައޮލޮޖިކަލް ޕްރޮޑަކްޓްސް އިންސްޓިޓިއުޓް އިން ބުނާ ގޮތުގައި މި ވެކްސިން 79.34 އިންސައްތަ އަށް ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރެ އެވެ.
ބްރެޒިލް، ޓާކީ، އަދި އިންޑޮނޭޝިއާގެ ޓްރަޔަލްތަކުން ދައްކާ ގޮތުގައި މި ދެ ވެކްސިން ވައިރަހާ ދެކޮޅަށް 50.65 އިންސައްތަ އާއި 83.5 އިންސައްތަ މަސައްކަތް ކުރެ އެވެ.
ޗައިނާއިން ހަދާފައިވާ މި ދެ ވެކްސިންތަކަށް ގިނަ ގައުމުތަކުން ވަރަށް ޑިމާންޑް ބޮޑެވެ. މީގެ މައިގަނޑު ސަބަބަކީ ހުޅަނގުގެ ވެކްސިން ލިބުމުގެ ލަސްތަކެއް އުޅޭތީ އެވެ.
ރާއްޖޭގައި މިހާރު ފުރަތަމަ ޑޯޒުގެ ގޮތުގައި ދެމުން އަންނަނީ ސިނޮފާމް ވެކްސިނެވެ.