މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ހިނގާލުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވައިލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަހު އެއްވުންތަކާއި ތަފާތު އެކި ހަރާކާތްތައް އިންތިޒާމު ކުރި އެވެ. އެގޮތުން މިއަދު މާލޭގައި ކުރިއަށްދާ މޭޑޭ ރެލީގައި އެކި ދާއިރާތަކުގެ ޔޫނިއަންތަކާއި އެސޯސިއޭޝަންތަކުން އަންނަނީ ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޑްރައިވާސް އެސޯސިއޭޝަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އަދި ޕޯޓް ވޯކާސް ޔޫނިއަން ދަނީ ބައިވެރިވަމުންނެވެ.
މިއަދުގެ ހިނގާލުން ރާވާފައިއޮތީ ރަސްފަންނުން ފަށައިގެން މަޖީދީ މަގުން ގޮސް އާޓިފިޝަލް ބީޗަށް ނިންމުމަށެވެ. ނަމަވެސް ފުލުހުން ވަނީ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ބެރިކޭޑް ޖަހައި ހިނގާލުމަށް ހުރަސް އަޅާފަ އެވެ.
މިއީ މުޒާހަރާއެއް ނޫން ކަމަށާއި މި ރެލީއަށް ފުރުސަތު ދިނުމަށް ރެލީ އިންތިޒާމު ކުރާ ފަރާތްތަކުން ދަނީ އެދެމުންނެވެ.
މި ހިނގާލުމުގައި މަސައްކަތްތެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ނައްތާލުމަށް ދަނީ ގޮވާލަމުންނެވެ.
އެ ގޮތުން ރިސޯޓު މަސައްކަތެރިންނަށް ތުނބުޅި ބެހެއްޓޭނެ ގަވާއިދު ހެދުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަނުން ގޮވައިލަމުންދާއިރު، ޑްރައިވާސް އެސޯސިއޭޝަނުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތް މި ސަރުކާރުން ނެތިކޮށްލާފައިވާ ކަމަށް ގޮވައިލަމުންނެވެ. މީގެ އިތުރުން ޕޯޓް ވޯކާސް ޔޫނިއަނުން އެމްޕީއެލްގައި މަސައްކަތުގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ދަނީ ގޮވައިލަމުންނެވެ.
ފްރާންސްގެ އޮލީސޭގެ ރީނދޫ ކާޑު ކެންސަލް ނުވި
ޔުނިސެފުން ރާއްޖެއަށް 28،000 އެމްއާރް ވެކްސިން ހަދިޔާކޮށްފި
އީރާން، ރަޝިޔާ އަދި ޗައިނާގެ ވިޔަފާރީގެ މަގަކަށް މިސައިލް ހަމަލާ